ކޮވިޑް-19 އިން ސަލާމަތް ވުމަށް އުފައްދާފައި ކޮވިޑް ވެކްސިން ޖެހިތާ 25 މިނެޓު ނުވަނީސް 70 އަހަރުގެ މީހަކު މަރުވެއްޖެ އެވެ.

އެމެރިކާގެ ނިއުޔޯކުގައި ހިނގި މި ހާދިސާ އާއި ގުޅިގެން އެޤައުމުން މީޑިޔާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި 70 އަހަރުގެ މީހާ މަރުވީ ވެކްސިން ޖަހައިގެން ގެއަށް ދިޔަ މަގުމަތީގައި އެވެ.

ކޮވިޑް-19 ގެ ވެކްސެން ޖަހައިގެން 15 މިނެޓް ވަންދެން ވެކްސިން ޖެހި ތަނެއްގައި މަޑުކުރަން އޮންނަ އިރު 70 އަހަރުގެ މީހާ 15 މިނެޓް ވަންދެން މަޑުކުރި ކަމަށް ނޫސްތަކުން ރިޕޯޓު ކުރެއެވެ. މި މީހާ މަރުވެފައި ވަނީ ވެކްސިން ސެންޓަރުގައި މަޑުކޮށްގެން ހުރުމަށްފަހު ގެއަށް ދިޔަ މަގުމަތީގައި އެވެ.

އެމެރިކާގެ ނިއުޔޯކް ގައި 70 އަހަރުގެ މީހެއްގެ ގަޔަށް ވެކްސިން ޖެހިތާ 25 މިނެޓު ނުވަނީ މަރުވެފައިވާކަން ނިއު ޔޯކް ސްޓޭޓް ހެލްތް ކޮމިޝަނުން ހާމަކޮށްފައިވާއިރު މަރުވި މީހާގެ އިތުރު އެއްވެސް މަޢުލޫމާތެއް ހިއްސާ ކޮށްފައެއް ނުވެ އެވެ.

ވެކްސިން ޖެހިފަހުން 70 އަހަރުގެ މީހަކު މަރުވުމާއި ގުޅިގެން ނެރެފައިވާ ނޫސްބަޔާނުގައި ބުނީ އެމީހާ މަރުވީ ވެކްސިނާއި ގުޅިގެން ކުރިމަތިވި އެލާޖިކް ރިއެކްޝްނާއި ގުޅިގެން ކަމަށް ނުބެލެވޭ ކަމަށް ބުނެފައިވެއެވެ.

ނިއު ޔޯކް ސްޓޭޓް ހެލްތް ކޮމިޝަނަރ ހަވާޑް ޒުކާ ބުނީ ކޮވިޑް ވެކް 70 އަހަރުގެ މީހާ މަރުވީ ވެކްސިން ޖެހިތާ 25 މިނެޓުވެސް ނުވަނީސް ކަމަށެވެ. އަދި އެލާޖިކްގެ އެއްވެސް ރިއެކްޝަނެއް އެމީހާ ގައިން ނުފެންނަ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ޒުކާ ބުނީ ސިއްހީ ތަޖުރިބާކާރުން ލަފާދެނީ ކޮވިޑް ވެކްސިނަކީ ރައްކާތެރި ވެކްސިނެއް ކަމަށާއި ނިއު ޔޯކްގެ އެންމެންވެސް ވެކްސިން ޖެހުމަށް އިލްތިމާސް ކުރާ ކަމަށެވެ.

މިހާތަނަށް އެމެރިކާގެ 42 މިލިއަން މީހުންނަށް ކޮވިޑް-19 ގެ ވެކްސިން ޖަހާފައިވާއިރު އަލަށް އުފައްދާ މި ވެކްސިން ބާޒާރަށް ނެރުމުގެ ކުރީން ކްލިނިކަލް ތިން ޓްރައިލް ފުރިހަމަ ކުރަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކަދުރު

    މަރު އައިސް ބައްދަލު ކުރުމުން ވެކްސިން އަކަށް ވެސް ނުހުއްޓުވޭނެ! ޚަބަރުގެ ސުރުހީ މިހެން އޮތުމުން ކިޔާމީހުންނަށް އޮޅުން އަރާނެ!