އަވަހާރަވެފައިވާކަމަށް އަޑު ފެތުރުނު ސައުދީ އަރަބިޔާގެ ވަލީ އަޙުދު، މުޙައްމަދު ބިން ސަލްމާނުގެ ވީޑިޔޯއެއް އާއްމުވެއްޖެއެވެ. މި ވީޑިޔޯ ދަނީ މިހާރު މީސް މީޑިޔާއާއި އެނޫންވެސް ޕެލްޓްފޯމުތަކުގެ ފެތުރެމުންނެވެ.

އަރަބި ނޫސްތަކުން މިއަދު ބުނެފައިވާ ގޮތުގައި މި ވީޑިޔޯއަކީ، ވަލީ އަޙުދު، އަމީރު މުޤުރިން ބިން އަބްދުލް އަޒީޒުގެ އަރިހަށް ކުރެއްވެވި ޒިޔާރަތެއްގެ ތެރެއިން ނަގާފައިވާ ވީޑިޔޯއެކެވެ. އަދި، ވީޑިޔޯގައި، ވަލީ އަޙުދު މުޙައްމަދާއެކު އެމަނިކުފާނުގެ ދަރިކަލުންވެސް ހުންނަވައެވެ.

ނޫސްތަކުން ބުނެފައިވާ ގޮތުގައި ކުރީގެ ވަލީ އަޙުދު އަދި އަމީރު މުޤުރިންގެ އަރިހަށް މުޙައްމަދު ޒިޔާރަތްކުރެއްވުމުން، ބޭރަށް ނިކުންނަވާ މަރުޙަބާވެސް ދަންނަވައެވެ. އަދި، އަރަބީންގެ ސަޤާފަތާއި އާދަކާދައިގެ މަތިން، ދެބޭފުޅުން އެއް ބޭފުޅަކުން އަނެއް ބޭފުޅަކާ ބޮސްދީ ހައްދަވާ މަންޒަރުވެސް ފެނެއެވެ. އެގޮތަށް ކަންތައް ކުރެއްވުމަށް ވަލީ އަޙުދު، އޭނާގެ ދަރިކަލުންގެ އަރިހުގައިވެސް އެދެއެވެ.

މީގެއިތުރުން، ވީޑިޔޯގައި ދައްކަނީ އާއިލީ ވާހަކަތައްކަމަށާއި އެގޮތުން އަމީރު މުޤުރިން، ވަލީ އަޙުދުގެ ދަރިކަލުގެ އަރިހުގައި އެއީ ބައްޕަގެ ބޮޑުބޭބެކަމަށް ވިދާޅުވާ އަޑުވެސް އިވޭކަމަށް ނޫސްތަކުން ބުނެފައިވެއެވެ.

ވަލީ އަޙުދު މުޙައްމަދު އަވަހާރަވިކަމަށް ބައެއް ޤައުމުތަކުގެ ނޫސްތަކުން އަދި ވަކީން ޚާއްޞަ ކޮށް އީރާނުގެ ނޫސްތަކުން ބުނަމުން ގޮސްފައިވެއެވެ. އެނޫސްތަކުން އޭރު ބުނަމުން ގޮސްފައިވަނީ ވަލީ އަޙުދު އަވަހާރަވެފައިވަނީ ޝާހީ ގަނޑުވަރަށް ދިން ހަމަލާތަކެއްގައިކަމަށެވެ.

އިއްޔެ، ސައުދީގެ ވަޒީރުންގެ މަޖިލީހަށް ބޮޑެތި ބަދަލުތަކެއް ގެންނަވާފައިވާއިރު، ސައުދީގެ މުއްސަނދި ސަޤާފަތް ދިރުވުމަށް، އައު ވުޒާރާއެއްވެސް އުފައްދަވާފައިވެއެވެ. ވަލީ އަޙުދުގެ ބެއްލެވުމުގެ ދަށުން، ސައުދީއަށް ދަނީ ބޮޑެތި ބަދަލުތަކެއް ގެންވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަޙުމަދު

    ނޭގުނު އެކައްޗެއްވެސް. ކޮންއިރަކުތަ އޭނަ މަރުވީ؟

  2. ރަޝީދު

    ސައުދީ ގެމިހާރުގެ އިސްވެރިންނަކީ ދުނިޔޭގެ ކަންކަމަށް ދަހިވެތިވެ ދީންވިއްކާލާ ބައެއް
    ކިތައްމެ ބޮޑުދޮގެއވެސް މި މީހުން ހަދާފާނެ