ހައްދުފަހަނަ އަޅާފައިވާ ޔަހޫދީ އިސްރާއިލުން، ފަލަސްތީނުގެ ޞިއްޙީ އެހީތެރިންނަށް އަމާޒުކޮށް ގަސްދުގައި ހަމަލާތައް ދެމުންދާކަން ހާމަވެއްޖެއެވެ. އިސްރާއިލުގެ ސްނައިޕަރެއްގެ ހަމަލާއިން، ފަލަސްތީނުގެ ޕެރަމެޑިކް، ރަޒަން ޝަހީދުވެފައިވާއިރު، އެނޫންވެސް ގިނަ ޞިއްހީ އެހީތެރިންނަށް ހަމަލާ ދޭކަންވަނީ ފަޅާ އަރާފައެވެ.

ޣައްޒާގައި ޞިއްޙީ އަދި އެމަޖެންސީ ޞިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެންމެ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރާ ފަލަސްތީނު ރެޑް ކްރެސެންޓުގެ އެމަޖެންސީ މެޑިކަލް ޓީމުގެ ޑިރެކްޓަރު، މުޙައްމަދު އަލް ހައްސީ ވިދާޅުވެފައިވަނީ މީގެކުރިންވެސް މިފަދަ ކަންކަން އިސްރާއިލުން ކޮށްފައިވާކަމަށާއި އަދި މިއީ އެފަދަ އެންމެ ފަހު ކަންތައްކަމަށްވެސް ޤަބޫލު ނުކުރެވޭކަމަށެވެ.

އިޒްރާއިލުގެ ހަމަލާއެއްގައި ހަލާކުވެފައިވާ އެމްބިއުލާންސެއް

މިފަދަ ކަންކަމަކީ ޖެނީވާ ކޮންވެންޝަންއާ ހިލާފުކަމެއްކަން އޭނާ ފާހަގަކޮށްފައިވެއެވެ. ޖެނީވާ ކޮންވެންޝަންގެ ދަށުން އެންމެ ބޮޑު ރައްކާތެރިކަމެއް ލިބޭ އެއް ފަރާތަކީ ރެޑް ކްރޮސް އަދި ރެޑް ކްރެސެންޓުގެ ވޮލަންޓިއަރުންނާއި މުވައްޒަފުންނެވެ. ބައިނަލްއަޤުވާމީ ރެޑް ކްރޮސްގެ ބާނީ އޮންރީ ޑުނޯންޓަކީ އެމުއާހަދާގެ މޭސްތިރިއެއްވެސްމެއެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން ހާމަކޮށްފައިވާ ގޮތުގައި "ގްރޭޓް ރިޓާން އޮފް މާޗު" މުޒާހަރާ ފެށިފަހުން، ގިނަ އަދަދެއްގެ ޞިއްޙީ އެހީތެރިންނަށާއި އުޅަނދުތަކަށް ގެއްލުން ލިބިފައިވެއެވެ. އެގޮތުން، އެޖަމިއްޔާގެ ތަފާސްހިސާބު ދައްކާގޮތުން، 238 ޞިއްޙީ އެހީތެރިންނަށާއި 38 އެމްބިއުލާންސަށް އިސްރާއިލުން، މި ފަހުން ހަމަލާ ދީފައިވެއެވެ.

ޞިއްޙީ އެހީތެރިންގެ އިތުރުން، އިސްރާއިލުން ދަނީ ނޫސްވެރިންނަށް އަމާޒުކޮށްވެސް ހަމަލާ ދެމުންނެވެ.

މިކަންކަމަކީ، ބައިނަލްއަޤުވާމީ ކޯޓެއްގައި ބަލައި، އިސްރާއިލަށް ފިޔަވަޅު އަޅަން ޖެހޭ ކަންކަމެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޑިމޮކްރަޓިސްޓް

    ކިހާބޮޑު މުސީބާތެއްތަމީ؟ މާތްﷲ މިނުބައި އިޒްރޭލޭކިޔާ ޔަހޫދީންތައް ހަލާކުކޮށް ނެތިކުރައްވާފާނދޭވެ.. އާމީން

  2. ކަމަނަ

    ނާޅާނެ އެމީހުން ކޮށްފިއްޔާ ރަގަޅު ހުރިހާ ކަމެއްވެސް ކޯފާއެއް ފޮނުއްވާ އިސްރާލީނު ނެތިކުރަންވާނދޭވެ