ކޮވިޑް-19 އާ ދެކޮޅަށް ޗައިނާއިން އުފައްދާފައިވާ ސައިނޯފާމް ވެކްސިނަކީ ދުނިޔޭގެ ހުރި ވެކްސިންތަކުގެ ތެރެއިން އެންމެ ނުރައްކާތެރި ވެކްސިން ކަމަށާއި އޭގެ ސަބަބުން 73 ސައިޑް އިފެކްޓް ފެންނަ ކަމަށް އެގައުމުގެ ވެކްސިން ތަޖުރިބާކާރަކު ބުނެފިއެވެ.

ސައިނޯފާމް ވެކްސިނަކީ އެގައުމުން މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު އުފައްދާފައިވާ ވެކްސިނެކެވެ. އޭގެ ފަހުން ވެކްސިނަށް އެ ގައުމުން ހުއްދަދީ ބޭނުން ކުރަމުންދާ ކަމަށްވެއެވެ. އެ ގައުމުން ބުނާ ގޮތުގައި މި ވެކްސިނުން 79.34 އިންސައްތަ ވައިރަސް އިން ރައްކާތެރިކޮށްދެއެވެ.

ނަމަވެސް އެގައުމުގެ ޝެންހާއީގެ ވެކްސިން ތަޖުރިބާކާރެއް ކަމަށްވާ ޓޯ ލިނާ ބުނެފައިވަނީ ވެކްސިންގެ އިރުޝާދުތައް އޭނާ ޑިޖިޓަލްކޮށްގެން ވަރަށް ހަމަ ޖެހިލައިގެން ބަލާލާފައިވާ ކަމަށެވެ. އެ ބެލި ބެލިމުން 73 ސައިޑްއިފެކްޓް ނުވަތަ ގެއްލުން އޭގެއިން ލިބޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އެގޮތުން އޭނާ ބުނީ، ވެކްސިން ޖަހާތަން ހިރުވުމާއި ބޮލުގައި އެނބުރުމުގެ އިތުރުން ލޭ މައްޗަށް ދިއުން، ލޮލުގެ ފެނުން ގެއްލުން، ރަހަ ބެލުމުގެ ހިއްސު ގެއްލުން، އަންހެނުންގެ މައްސަރު ކަންތައް ލަސްވުމުގެ އިތުރުން ކުޑަކަމުދާ ނިޒާމުގެ އެކި އެކި މައްސަލަތައް ދިމާވުމަށް މަގުފަހިވާ ކަމަށެވެ. މީގެ އިތުރުން އެހެން ކަންތައް ދިމާވާ ކަމަށްވެސް އޭނާ ބުންޏެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް އޭނާ ހާމައެއް ނުކުރެއެވެ.

އޭނާ ބުނީ، އެ ވެކްސިނަކީ ދުނިޔޭގެ އެންމެ ނުރައްކާތެރި ވެކްސިން ކަމަށް ބުނެފައިވަނީ 73 ސައިޑްއިފެކްޓް ހުރުމުން ކަމަށެވެ. އޭނާ ބުނާ ގޮތުގައި އެ ވެކްސިނަކީ އެއީ "އެކްޓިވޭޓް" ނުކޮށް ހުރި ވެކްސިނެކެވެ.

އެކަން ވެކްސިން އުފެއްދި ކުންފުންޏާއި ސަރުކާރުގެ ސަމާލު ކަމަށް ގެނައުމުގެ ކަމާއި ބެހޭ އިދާރާތަކުން ވަނީ އޭނާގެ "ވާބޯ" އެކައުންޓް ފޮހެލާފައެވެ. އަދި އޭނާގެ ޕޭޖުގައި ހުރި އެއްޗެސް "އުސޫލުތަކާއި ހިލާފު" ކަމަށް ބުނެ ނުފެންނަ ގޮތަށް ހަދާފައިވާ ކަމަށް އޭނާ ބުންޏެވެ.

އުމުރުން 43 އަހަރުގެ ޓޯ އަކީ ޝެންހާއީގެ ސެންޓަރ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (އެސްސީޑީސީ) ގައި 2000 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން މަސައްކަތް ކުރަމުން އަންނަ ވެކްސިނާއި ބެހޭ ތަޖުރިބާކާރެކެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. މޯޑް

  ކިހާ ދެރަކަމެއް އަހަރެމެންނަށް ތިބާވަތު ވާހަކަތައް ހިއްސާކުރާ ފަރާތަކީ އެޗް ޕީ

  8
  1
 2. ޣ

  މި އާޓިކަލް ގެނެސްދީފައި މިވަނީ އިންޑިޔާގެ އެމްބަސީގެ ހެޔޮ އެދުންތަކާއެކު.

  28
  5
 3. ރިސްކް

  އެކަމަކު ޗައިނާ ވެކްސިން ތުރުކީގައިވެސް އަދި މެދުއިރުމަތީގެ އެތައް ގައުމެއްގައި، އެފްރިކާގައި ލެޓިން އެމެރިކާގެ ގައުމުތަކުގައި އެބަޖަހާ. ހީވަނީ މީ ހުޅަނގުގެ ޕްރޮޕެގެންޑާ އާރޓިކަލްއެއްގެ ތަރުޖަމާކަމަށް. ވެކްސިން އަކީ ވަރަށް ބޮޑު ވިޔަފާރިއެއް މިއަދު. ކޮންމެ ބަޔަކުވެސް އެބަޔަކު އުފެއްދި ވެކްސިލް މޮޅުކޮށްފައި އެހެން ވެކްސިންތައް ދެރަ އެބަކުރޭ.

 4. ިބޯކިބާ

  ތިޔައީ ހުޅަނގުގެ ވެކްސިން ވިއްކަން ލާރިދީގެން ހިންގާ ޕުރޮޕެގެންޑާ، ތިޔަ ވެކްސިން އެތައް ގައުމެއްގެ 50 މިލިއަނެއްހާމީހުން ޖަހައިފި، މީހަކު މަރުވެގެނެއްނޫޅޭ.

 5. ސިނެކް

  މީކީވަކިޗައިނާވީމަކަނޫން ވަގުތު އިންގެނެސްދީފައެވަނީ ހަގީގީލިޔުމެއް އެމައުލޫމާތު އެބަހު ރި އެހެން މީޑިޔާތަކުގަވެސް

 6. ޖަނާޒާ

  ތިޔަ މީހާ ގެއްލުނީތި. ކޮބާ ޖެކްމާ . މިހާރު

  • ބޮނާޒާ

   ޖެކްމާ އުޅުނީ އަމިއްލައަށް ފިލައިގެން.

 7. ހޫނ

  ދެން އެހެން ވެކްސިންތަކުން ވާ ކަންކަންވެސް ހަމަ އެހާ ރަގަޅަށް ހަމަޖެހިލައިގެން އިނދެ ބަލާލަބަލަ. އެންމެ މޮޅު ވެކްސިނެއް އޭރުން އެނގިދާނެ.