އިންޑިއާގެ ގާނޫނު ހަދާ މަޖިލިސް ތެރޭގައި އެގައުމުގެ ބޮޑު ވަޒީރު ނަރެންދަރް މޯދީ އަށް ރޮވިއްޖެއެވެ.

އަންގާރަ ދުވަހުކުރިއަށް ދިޔަ މަޖިލީހުގެ ޖަލްސާގައި މޯދީއަށް ރޮވިފައިވަނީ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ކޮންގްރެސް ލީޑަރު އަޒަދް ރިޓަޔާ ކުރައްވާތީއެވެ. އަޒަދް އަކީ އިދިކޮޅު މައި ޕާޓީގެ ލީޑަރެވެ. އަޒަދްގެ އިތުރުންވެސް އިދިކޮޅު ހަތަރު މެމްބަރަކު ވަނީ މިމަހުގެ ތެރޭގައި ރިޓަޔާ ކުރަން ނިންމާފައެވެ.

އަޒަދް ކޮށްދެއްވާފައިވާ ކަންތައްތަކާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން މޯދީ ވިދާޅުވެފައި ވަނީ ރިޓަޔާ ކުރެއްވި ނަމަވެސް އަދިވެސް އޭނާގެ އިރުޝާދުތައް ބޭނުންވާނެ ކަމަށެވެ.

"ރިޓަޔާ ތި ކުރެއްވީ. އެހެނަސް އަޅުގަނޑު އަޒަދް ރިޓަޔާ ވިއެނަ ނުދޭނަން. އަބަދުވެސް ދޮރުތައް ހުންނާނީ ހުޅުވިފައި. އަދި އަބަދުވެސް އަޒަދް ގެ ފަރާތުން ކަންކަން ބޭނުންވާނެ، އަދި އިރުޝާދު ބޭނުން ވާނެ" މޯދީ ވިދާޅުވިއެވެ.

މޯދީ ވިދާޅުވީ، އަޒަދްގެ ބަދަލުގައި އެ މަގާމަށް އަންނަ މީހަކަށް އެއީ ވަރަށްވެސް އުނދަގޫވާނެ މަގާމެއް ކަމަށާއި އެކި ކަހަލަ ގޮންޖެހުންތައް ހުންނާނެ ކަމަށެވެ.

"ޕާޓީއާއި މެދު އަޒަދް ވިސްނާވަރަށް ވުރެ ބޮޑަށް ގައުމާއި މެދު އޭނާ ވިސްނާ" މޯދީ ވިދާޅުވިއެވެ.

މި ޖަލްސާގައި މޯދީ ވަނީ އަޒަދް އާއި އޭނާއާއި ދެމެދު އޮންނަ ގާތް ގުޅުމާއި ބެހޭ ގޮތުން ވާހަކަ ދައްކާފައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ޝިޔާމް

    ޜޮވުނިއްޔަޭ ކިޔާފަ ވިދާޅު ވިއްޔޭ ކީމަ ކަމަކުނުދެ

    39
    1
  2. ސިނެކް

    ބޮޑެތިގެރިތަކުގެ ތެރެއިންއެއްމެބޮޑުގެރި ހޭރިގަނެފި😅

    62
    2
    • ރާގޮޑިރާޖަ

      ނުރޮ އެވަންކަން ކޮ އްގެން ޖަލަށްލީމާ ހޭރެންވީދޯ.

      6
      1
    • ޙސހސހ

      ކުޑަ މޯޑީ ކައިރީން ދަސްވީ ދޯ

      13
  3. Anonymous

    ކީރިތިކުރެއްވުނީ އޭ ދޯ ކިޔާނީ

    20
    6
  4. ޕޮފް

    މީނަވެސް މިހާރު އިބޫ ގޮތައް ރޯންފެށީތަ

    49
  5. އަރީ

    ވައްތަރީ މޯދީ މަޖުލީހައް ދިޔައީ ގެރީގެ ކުޑަކަމުދާތަކެތި ބޮއެގެން ހެން

    22
  6. އިބޫ

    ސުލޯލިހު ޖައްސާ އެތި މި ސޮރުވެސް ޖައްސަނީ ދޯ

    25
  7. ޑރ. ރާމީ ހަސަން މަނިކު (އެންޑޯކްރައިނޮލޮޖިސްޓް/ނިއުޔޯކް-ސެއިންޓްމޭރީހޮސްޕިޓަލް/އެމެރިކާ)

    (1) އަޅުގަނޑަށް ދެންނެވޭނީ ޑޮކްޓަރީ ނަޒަރުން ތިކަން އޮންނަ ގޮތް. (2) އަލްޒައިމާރސް ޑިޒީސް އަކީ މުޅި ދުނިޔޭގައި ވެސް މީހުން މަރުވާ ބޮޑެތި 3 ބަލީގެ ތެރޭގައި ހިމެނޭ ނުރައްކާތެރި ބައްޔެއް. ފުރަތަމަ ބައްޔަކީ ހިތުގެ ބަލި. ދެވަނަ ބައްޔަކީ ކެންސަރު. ތިން ވަނަ ބައްޔަކީ އަލްޒައިމާރސް ޑިޒީސް. (3) ފަސޭހަ އިން ރޮވުމަކީ އަލްޒައީމާރސް ޑިޒީސް ގެ ޢަލާމާތް ތަކުގެ ޢަލާމާތެއް. (4) ފަސޭހަ އިން ރޮވުމަކީ މި ބަލި ޖެހުމުގެ ފުރަތަމަ ޢަލާމާތް. މިއީ ހަދާން ނެތެމުން ނެތެމުން ގޮސް ސިކުނޑީގެ ދުވަސްދުއްވާލާ، މީހާ އެނދުދާން ކޮށްލާ ބައްޔެއް. (5) މި ބައްޔަށް މިހާރު ލޭ ގެ ޓެސްޓް ސިންގަޕޫރުން ކުރެވޭ. (6) އެއްވެސް މީހަކަށް ބަލިބައްޔާއި މަތިކުރާކަށް ނުވާނެ. މި ކޮމެންޓް އަކީ ބަޔަކަށް ނުވަތަ މީހަކަށް (މަޢުލޫމާތު މުއްސަދިވެ) ފައިދާ އެއް ކުރުވަނިވި ގޮތުގެ މަތިން ލިޔުނު ކޮމެންޓް އެއް. (7) މި ބަލީގެ އެއް ފަރުވާ އަކީ ދުވާލަކު އަލްމޮންޑް 24 ނަޓު ނުވަަތަ ވޯލްނަޓް ގެ 7 ނަޓު. އަލްމޮންޑް ކާން ވާނީ 12 ގަޑިއިރު ފެނުގައި ބަހައްޓާ ތޮށި ނޮޅުމަށްފަހު. (8) ކަމަކާއި ދެރަވެ، އަސަރު ކޮށްގެން ރޮވޭ ރޮވުމަކީ އަދި ވަކިކަމެއް. މޯޑީ އަށް މި ރޮވުނު ކަމަކީ އެކަހަލަ ކަމެއްކަމަކަށް ނުބެލެވޭނެ. (9) އެއީ ކޮށްފައިހުރި ބޮޑެތި ބޭއިންސާފުވެރި ކަންތަކަށް ބަލާފަ. ބޭއިންސާފްވެރި ކަންތައް ކުރާނީ ހިތްގަދަ މީހުން.

    10
    1
    • ޢަހޫ

      ދެން ވަ އްކަން ކުރަނީކޮންބަޢްޔެޖެހިގެންތޯ އަދި ވަގުންސަލާމަތްނުކުރެވިގެން ތެޅިބާލަނީ ކޮންބަޢްޔެ އްޖެހިގެންތޯ..... ކަލޭ ތިވާހަކަތަށް ޓްރަމްޕް އަށް ކިޔާދީބަލަ.

      5
      8
    • އާސްމާން

      ޑޮކްޓަރުގެލިޔުންވަރަށްމޮޅު.ދިވެހިބަހަށްވެސް އުސްތާޛު ފެންވަރު.ޑޮކްޓަރު ރާމީ ގެ މޮޅު ލިއުމެއް. ޝުކުރިއްޔާ.

      8
      4
      • ޢަހޮމަދު

        ޑޮ ކްޓަރުގެ ލިޔުމުގަ ބައެއްމުސްލިމުން ބަނގުރާބޮނީ ކޮއްބައްޔެއްޖެހިގެންތޯ ސާފު ކޮއްލަދިންނަވަ ވަރަށް ރަނގަނޅުވީސް.

        7
        2
    • ނޫސްކިޔާމީހާ

      އަޅުގަޑަށް އަދި މިއެގުނީ ޑރ. ރާމީ އަ ކީ ކޮންބޭފުޅެއް ކަން. . އަޅުގަޑަށްވެސް ވަރަށް ރޮވޭ ހިތަށް އުދަނގޫ ވާ ނުވަތަ ބަލި ވާހަ ކަ ބުނުމުގެ ކުރިން ރޮވޭނީ

      1
      4
  8. ލޮލް

    ވަނަވަރު (ޑރ. ރާމީ ހަސަން މަނިކު (އެންޑޯކްރައިނޮލޮޖިސްޓް/ނިއުޔޯކް-ސެއިންޓްމޭރީހޮސްޕިޓަލް/އެމެރިކާ)) އަމިއްލައަށް އިޝްތިހާރު ކުރުމަކީ ކިބުރުވެރިކަމުގެ ސިފައެއް ކަމުގައި ނޫނީ ނުވާނެ..!

    2
    2
  9. ޑރ ޒަންޖަބީލާ

    ޑޮކުޓަރ ރާމީ އައް ހިތުގެ އެންމެ ފުންމިނުން ޝުކުރިއްޔާ
    މިީހަކު ކިބުރު ވެރިއެކޭ ރޯނުއެދުރެކޭ ބުނެފާނެ ކަމައް އަނެކުން ނައް ފައިދާ ހުރި މައުލޫމާތު ހއްސާ ނުކޮއް ނުހުންނާށެވެ. އެކަހަލަ މީހުންނަކީ ދަހި މީހުންނެވެ.