ސައުދި އަރަބިއްޔާގެ ދެކުނު އިރުމަތީގައި ހުންނަ އަބްހާ އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ހަމަލާއެއް އެ އެއާޕޯޓްގައި އޮތް ފްލައިޓަކަށް އަމާޒުވެއްޖެ އެވެ.

މި ހަމަލާ ދީފައިވަނީ އީރާނުން ވާގިވެރިވާ ޔަމަނުގައި ހަރަކާތްތެރިވާ ޝިއީ ޖަމާއަތް ހޫތީންނެވެ. މި މައްސަލައިގައި ސައުދީގެ މިލިޓަރީ ސްޕޯކްސްމަން ޔަހިއާ ވިދާޅުވީ އެ ގްރޫޕުން ބޮމުހެ ހަމަލާ ދިނީ ހަތަރު ޑްރޯން މެދުވެރިކޮށެވެ.

"މި ހަމަލާ އަމާޒުކުރިކަމަށް ބެލެވެނީ ސައުދީގެ އެތެރޭންނާއި ހޫތީންް ކުރަމުންދާ ހަނގުރާމައިގެ ތެރެއިން، ހޫތީން ގަބޫލެއް ނުކުރޭ މިއީ އާންމުން ބޭނުންކުރާ އެއާޕޯޓެއްގެ ގޮތުގަ، އެމީހުން ގަބޫލުކުރަނީ މިއީ މިލިޓަރީ ތަނެއްގެ ގޮތުގައި" ޔަހިއާ ވިދާޅުވިއެވެ.

މި ހަމަލާގައި އަދި މިހާތަނަށް އެކަކު މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އެއާޕޯޓުގައި އޮތް ފްލައިޓަކަށް ގެއްލުންތަކެއް ލިބިފައިވެއެވެ. ނަމަވެސް މީހުންނަށް ލިބުނު ގެއްލުމުގެ ތަފްސީލެއް ސައުދީގެ ސިއްހީ އޮފިޝަލުންނާއި ހަވާލާދީ މީޑިއާ ރިޕޯޓުތަކުން އަދި ހާމައެއް ނުކުރެއެވެ. އަދި އެ ގައުމުގެ މިލިޓަރީ ސިފައިންގެ ފަރާތުން މި ހަމަލާއާއި ގުޅިގެން އިތުރު ތަފްސީލެއް އަދި މިހާތަނަށް ދީފައެއް ނުވެއެވެ.

ސައުދީ ސަރުކާރުން ހިންގާ އަލް އަޚްބަރިޔާ ޓީވީން ބުނާގޮތުން މި ބޮމުގެ ހަމަލާއިން އުފެދުނު އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ.

އަބްހާ އެއާޕޯޓަކީ ޔަމަނާއި ސައުދީ ބޯޑަރު ކައިރީގައި އޮންނަ އެއާޕޯޓެކެވެ. މީގެކުރިންވެސް މި އެއާޕޯޓަށް ވައިގެ ގިނަ ހަމަލާތަކެއް އަމަޒުވެފައި ވެއެވެ. މި ވޭތުވެދިޔަ އަހަރުތަކުގައި އެ އެއާޕޯޓަށް ދިން ހަމަލާތަކުގައި އެކަކު މަރުވެ، ގިނަ ބަޔަކަށް އަނިޔާވެފައިވެއެވެ.

މި ހަމަލާއާއި ގުޅިގެން އެ އެއާޕޯޓަށް ދަތުރުކުރަން ހަމަޖެހިފައި އޮތް ގިނަ ފްލައިޓުތަކެއް ކެންސަލްކޮށްފައި ވާއިރު ، އެ އެއާޕޯޓުން ފުރަން ހަމަޖެހިފައިވާ ގިނަ ފްލައިޓުތަކެއް ޑިލޭވެފައި ވެއެވެ.

ސައުދީ މިލިޓަރީ ކޯލިޝަންގެ ސްޕޯކްސްޕާސަން ކާނަލް ތުރްކީ އަލް މާލިކީ ވިދާޅުވީ ހޫތީންގެ ފަރާތުން އަމާޒުވާ ހަމަލާތަކުގެ ތެރެއިން ސަައުދީ ތެރެއަށް އަމާޒުކޮށް ފޮނުވާލި ދެ ޑްރޯން ހަމަލާ މިހާތަނަށް ހުއްޓުވާފައިވާ ކަމަށެވެ. .އަދި ސައުދީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަބަދުވެސް މަސައްކަތްކުރާނެ ކަމަށް ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޜަޟީ

    ސުކުރު ހުރި. އަނިޔާވެރި އާލު ސައުދުން ގެ ޒަމާން ދަނީ