7.7 މެގްނެޓިއުޑްގެ ބާރުމިނުގައި ނިއުޒިލޭންޑަށް އައި ބާރުގަދަ ބިންހެލުމަކާއެކު އެ ހިސާބުގެ ބައެއް ގައުމުތަކަށް ސުނާމީގެ އިންޒާރު ދީފިއެވެ.

މި ބިންހެލުން އައިސްފައިވަނީ ލޯޔަލްޓީ އައިލޭންޑްސްގެ 6 މޭލު އަޑިންނެވެ.

އެމެރިކާގެ ސުނާމީއާއި ބެހޭ އިދާރާއިން ބުނެފައިވަނީ ނިއުޒިލޭންޑް، ފީޖީ، ވަނައުޓު އަދި އެހިސާބުގެ އިތުރު ގައުމުތަކާއި ރަށްތަކަށް ސުނާމީގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ޖިއޮލޮކިޖަކަލް ސާވޭ ޓީމުން ބުނެފައި ވަނީ މި ބިންހެލުމުގެ ސަބަބުން ތުނާމީގެ ރާޅުތައް ކުރިއަށް އޮތް 3 ގަޑި އިރަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މީގެ އިތުރުން އޮސްޓްރޭލިއާ، ކުކް އައިލޭންޑްސް އަދި އެމެރިކަން ސޮމޯއަށް އަރާނީ ކުދިކުދި ރާޅުތައް ކަމަށްވެސް ވަނީ ބުނެފައެވެ.

މި ބިންހެލުމުގެ އެގައުމުގެ އާންމުން އުޅޭ ސަރަހައްދުތަކާއި އިމާރާތްތަކަށް ގެއްލުމެއް ލިބިފައިވާ ކަމަށް އަދި އެނގިފައެއް ނުވެއެވެ.

ނިއުޒިލޭންޑަށް މި ބިންހެލުން އައިސްފައިވާއިރު، އިންޑޮނޭޝިއާގެ ސުމަތްރާއަށް ވެސް ވަނީ 6.2 މެގްނިޓިއުޑްގެ ބާރުމިނުގައި ބިންހެލުމެއް އައިސްފައެވެ. އެހެން ނަމަވެސް މި ބިންހެލުމުގައި ތުނާމީގެ އިންޒާރެއް ދީފައެއް ނުވެއެވެ. އަދި އެއްވެސް ތަނަކަށް ގެއްލުމެއް ލިބިފައިވާ ކަމަށް ރިޕޯޓް ކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. Anonymous

  ދުނިޔެ ނިމުންވަނީ ބޮޑު ޒަލްޒަލާއަ ކުން ކަމުގައި ކީރިތިޤުރުއާނުގައި އައިސްފަވޭ،

  50
  2
  • މިހެންވެސް އޮވޭ

   ނުބައި ނުލަފާ މީހުން އުޅޭތަންތަނަށް ކޯފާގެ ގޮތުގައި ބިންހެލުން އަންނަކަމަށްވެސްވޭ

   11
   4