އޮކްސްފޯޑް-އެސްޓްރަޒެނެކާ އާއި އިންޑިއާގެ ސިރަމް އިންސްޓިއުޓް އިން އުފެއްދި ކޮވިޝީލްޑް ވެކްސިން ވަގުތީ ގޮތުން ބޭނުން ކުރަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޗްއެޗްއޯ)އިން ހުއްދަ ދީފިއެވެ.
މި ހުއްދަ ދީފައި ވަނީ 18 އަހަރުން މަތީގެ މީހުންނަށް ބޭނުން ކުރުމަށެވެ.
މި ވެކްސިން ބޭނުން ކުރުމަށް ލަފާ ދީފައި ވަނީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
މި ވެކްސިން ދޭން ޑަބްލިޗްއެޗްއޯއިން ލަފާ ދީފައި ވަނީ ބައެއް ގައުމުތަކުން 65 އަހަރުން މަތީގެ މީހުންނަށް މި ވެކްސިން ނުދޭން ނިންމާފައިވަނިކޮށެވެ.
އެހެން ނަމަވެސް ޑަބްލިވްއެޗްއޯގެ ސްޓްރެޓެޖިކް އެޑްވައިޒޮރީ ގްރޫޕް އޮފް އެކްސްޕާޓްސް އޮން އިމިއުނައިޒޭޝަން އިން ވަނީ މި ވެކްސިން 18 އަހަރުން މަތީގެ އެންމެންނަށް ޖެހިދާނެ ކަމަށް ބުނެފައެވެ.
"އޭގެ މާނައަކީ އުމުރުން 65 އަހަރުން މަތީގެ މީހުންނަށްވެސް މި ވެކްސިން ދެވިދާނެ ކަމަށް". އެ އެޑްވައިޒަރީ ގްރޫޕްގެ ޗެއާމަން އެލެޖަންޑްރޯ ކްރަވިއޯޓޯ ވިދާޅުވިއެވެ.
ޑަބްލިވްއެޗްއޯގެ މާހިރުން ވަނީ މި ވެކްސިން ކޮވިޑްގެ އާ ވައްތަރުތައް ފެތުރެމުންދާ ގައުމުތަކުގައިވެސް ބޭނުން ކުރަން ރަނގަޅު ކަމަށް ބުނެފައެވެ.
"ކޮވިޑްއާ އާ ވައްތަރުތަކަށް މި ވެކްސިން ބޭނުން ކުރަން ލަފާ ނުދޭންވީ ސަބަބެއް ނެތް".ޗެއާމަން އެލެޖަންޑްރޯ ކްރަވިއޯޓޯ ވިދާޅުވިއެވެ.
އަދި މި ވެކްސިން 63 ޕަސެންޓް ކޮވިޑާއި ދެކޮޅަށް މަސައްކަތް ކުރާ ކަމަށްވެސް އެ އެޑްވައިޒަރީ ގްރޫޕުން ބުނެފައި ވެއެވެ.
ޑަބްލިވްއެޗްއޯއިން މި ވެކްސިން ޖަހަން ހުއްދަ ދީފައިވާއިރު، އޭގެ ކުރިންވެސް ބައެއް ގައުމުތަކުގައި ވަނީ މި ވެކްސިން ޖަހަން ފަށާފައެވެ.އަދި މި ވެކްސިން ހޯދުމަށް ގިނަ ގައުމުތަކުން ވަނީ ކިއު ހަދާފައެވެ.
މި ވެކްސިން ޖަހަން ފެށި ގައުމުތަކުގެ ތެރޭގައި ރާއްޖެ ވެސް ހިމެނެއެވެ.
ކޮވިޝީލްޑްއަކީ އޮކްސްފޯޑް އާއި އެސްޓްރާޒެނެކާ ގުޅިގެން އުފައްދާފައިވާ ވެކްސިންއަށް ކިޔާ އާއްމު ނަމެވެ.
ޓެސްޓް ޓްރަޔަލް ޖެއްސީ ރާއްޖޭގައި...
ރާއްޖޭގަ ޖަހަން ނުފަށަނީސް ޔޫކޭގެ ނުވަ މިލިޔަނައްވުރެ ގިނަ މީހުން ގަޔަށް ޖެހި. ކަނުވެ ގަމާރުވިއަސް ބޮޑުވަރު ތީ.
އިންޑިއާގަ އެކަނިވެސް މިލިއަނުން ވެކްސިންދީފަވަނީ. މޮރިޝިއަސް، ބަންގްލަދޭޝް، ލަންކާ އަދިވެސް ކިތަންމެ ޤައުމެއްގަވެސް އެތައް ހާސް މީހެއްކަށް މިވެކްސިން ޖަހާފަވަނީ. ރާއްޖޭގަ ޖަހަންފެށީވެސް ޑަބްލިއު. އެޗް. އޯ. ގެ ރަށްކާތެރިކަމުގެ މިންގަނޑުތަކަށް ފެތޭތޯ ކަށަވަރު ކުރުމަށްފަހު، އެމަންޖަންސީ ހުއްދަޔާއެކު
ޢަދިވެސް ހުއްދަ ނުދޭ
ޖަލުކަލޭގެ ގެ ހުއްދަ ބޭނުންނަމަ އެބަޔަކު ނުޖަހާތިބޭ.
ޑަބްލިޔު އެޗް އޯ ގެ ސައިޓްޗެކްކޮށްލައްވާ. އަދިއެއް ހުއްދަދިން ކަމަކަށް ނެތް. މި ޚަބަރު ގައި ހުއްދަދިން ކަމުގެ ޚަބަރާބެހޭ ލިންކް ހިއްސާކޮށް ލެއްވިނަމަ ފުރިހަމަވީސް...
އެމަރޖެންސީ ހުއްދައެއް ދިނީ މިހާރުގެ ޙާލަތަށްބަލާފަ
މި ވަގުތަށް އިމަޖެންސީ ހުއްދަވެސް ރަނގަޅު...!! 65% ރައްކައުތެރިކަން ރަނގަޅު ހާލަތަށް ބަލާއިރު...!!
ރާއްޖޭގެ މީޑިއާތަކުން ދޮގު މައުޅުމާތު ފަތުރާ ފަތުރާ މިހާރު މީޑިއާ ތަކުން ދައްކާ ވާހަކަ ގަބޫލެއް ނުކުރަނ.
ކޮން ދޮގު މަޢުލޫމާތެއްތޯ؟ ޑަބްލިއު. އެޗް. އޯ. އިން ގެ ރައްކާތެރިކަމުގެ މިންގަނޑުތަކަށްފެތޭތީ މި ޙާލަތަށް ބަލާފަ އެމަޖެންސީ ހުއްދައެއް ދިނީ ކޮވިޑްގެ ބައެއް ވެކްސިންއަށް