އެޕަލް އިން ފަތް ޖެހޭ ފޯނު އުފައްދަން އުޅޭ ކަމުގެ އަޑުތަކެއް ފެތުރިއްޖެއެވެ.

ދުނިޔޭގެ މަޝްހޫރު ޓެކް ކުންފުނިތަކުން ކުރިއަށް އޮތް ތަނުގައި އުފައްދާ ތަކެއްޗާ ބެހޭ މައުލޫމާތު ހާމަކުރާ ފަރާތަކުން ބުނީ އަލަށް ނެރޭ ފޯޑަބަލް ފޯނު ނެރޭ ތާރީހެއް ބުނަން ނޭނގޭ ކަމަށެވެ.

އެޕަލް އިން ފަތް ޖެހޭ ފޯނު އުފައްދަން އުޅޭ ވާހަކަތައް ފެންމަތިވެފައިވާ އިރު ސެމްސަންގް އިން ވެސް ވަނީ ފަތްޖެހޭ ފޯނު އުފައްދައި ބާޒާރަށް ނެރެފަ އެވެ. އަދި އެތައް ބަޔަކު ސެމްސަންގުގެ އެ ފޯނުތައް ގެންގުޅެމުންދާ އިރު އެޕަލް އިން އެފަދަ ފޯނެއް ނެރޭނެ ދުވަހަކާ މެދު އެޕަލް ފޭނުން ސުވާލު ކުރަމުން އަންނަތާ އެތައް މަހެއް ވެއްޖެއެވެ.

ޑަބްލިއުސީސީއެފް ރިޕޯޓުގައިވާ ގޮތުން އެޕަލް އިން ނެރޭނެ ކަމަށް ބެލެވޭ އައިފޯން ހުންނާނީ ގެލެކްސީ ޒެޑް ފްލިޕްގެ ޑިޒައިނަށް ކަމަށެވެ. އެޕަލް އިން ފޯޑަބަލް ދެ ފޯނެއް ނެރޭނެ ކަމަށްވެސް އަޑުފެތުރިފައި ވެއެވެ.

ސެރަމިކް ޝިލްޑް ގްލާސް ބޭނުންކޮށްގެން އުފައްދާ މި ފޯނުތަކުގެ އަގު މިފަދަ އެހެން ފޯނުތައް ނެރޭ ކުންފުނިތަކުން ނެރެފައިވާ ފޯނުތަކަށްވުރެ ކުޑަ ވާނެ ކަމަށްވެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުފައި އެޕަލް އިން ނެރޭ ފޯޑަބަލް ފޯނު ނެރޭނީ 2023 ގެ ފަހުންނެވެ. މި ފޯނުތަކާއެކު އަގުހެޔޮ ހެޑްސެޓެއްވެސް ނެރޭނެ ކަމަށް ބެލެވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު