އިނގިރޭސިވިލާތުގައި މިވަގުތު ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކޮވިޑް-19 ގެ އާ ވައްތަރު ކަމަށްވާ "ކެންޓް" ވައިރަސް މުޅި ދުނިޔެއަށް ފެތުރި ނާޒުކު ހާލަތަކަށް ހިނގައިދާނެ ކަމުގެ އިންޒާރު އެގައުމުން ދީފިއެވެ.

އެގައުމުން ބުނެފައިވަނީ މިހާރު ފެތުރެމުން އަންނަ ވައްތަރަކީ ވަރަށް ނުރައްކާތެރި ވައްތަރެއް ކަމަށާއި މި ބައްޔާއި ހަނގުރާމަ ކުރަމުން ގަރުނެއްވެސް ހިނގައިދާނެ ކަމަށެވެ.

އެގައުމުގެ ކޮވިޑް-19 ގެނޮމިކްސްގެ ޑިރެކްޓަރ ޝެރޮން ޕީކޮކް ވިދާޅުވެފައި ވަނީ، ކެންޓް ވައިރަސްއިން ދުނިޔެ ދޮވެފައިވާ ކަމަށާއި އަދި ކުރިއަށް އޮތްތަނުގައި ދޮވެލާނެ ކަމުގެ ފުރުސަތު ބޮޑު ކަމަށެވެ.

"ވައިރަސް އިން ރައްކާތެރިވުމަށް ވައިރަސް އަށް ވުރެ ވަރުގަދަ އެއްޗެއް އުފެއްދިއްޖެނަމަ، މިކަމާއި މެދު ހާސްވާކަށް ނުޖެހޭނެ. އެހެންނަމަވެސް އަޅުގަނޑަށް ވިސްނޭ ގޮތުގައި ކުރިއަށް އޮތް މުސްތަގުބަލުގައި އަޅުގަނޑުމެން ތިބެން ޖެހޭނީ މިކަން ކޮށްކޮށް. އެއީ ކުރިއަށް އޮތް 10 އަހަރު ނިމުނަސް" އޭނާ ވިދާޅުވެފައި ވެއެވެ.

ކޮވިޑް-19ގެ ބިރުވެރިކަން މުޅި ދުނިޔެއަށް ފެތުރިފައިވާއިރު، މިވަގުތު ވައިރަސްގެ އެކި ވައްތަރުތައް ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރެމުން އަންނަ ކަމަށް ދިރާސާތަކުން ވަނީ ދައްކާފައެވެ. އެ ވައްތަރުތަކަކީ އެންމެ ކުރިން ފެނިފައިވާ ވައިރަސްއަށްވުރެ މާ ނުރައްކާތެރި ވައިރަސްއެއް ކަމަށް ސައިންސްވެރިން ވަނީ ބުނެފައެވެ. އެގޮތުން ބަލި ފެތުރޭ މިންވަރު ހަލުވިވެ، އެކަކު ގައިން ބަލި އިތުރު ހަަތަރެއް ނުވަތަ ފަސް މީހަކަށް ޖެހޭ ކަމަށް ވަނީ އެނގިފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ސިނެކް

    حسبنالله ونعملوكيل

    83
    1
  2. ޖޫދު

    ޤަޥްމުތަކުގައި އަނިޔާވެރި ވެރިން ވެރިކަމަށް އިސްކުރުމުން އަންނަ ސުންޕާކަމާއި ޤުރުއާނުގައި އޮތްގޮތަށް އަދުލުއިންސާފް ޤާއިމު ނުކުރުމާއި މުންކަރާތްތަކަށް ފައުޅުގައި އަރާގަންނަނަމަ ކާބަފައިންގެ ޒަނާނުގައި ދެކިފައިނުވާ ބަލިމަޑުކަމާއި ނާމާންކަން އެތަނެއްގައި ވަކިހިތްޕާލާނޭކަމަށް ހަދީސްގައި ވާރިދުވެ އިންޒާރު އައިސްފައި ވެއެވެ.

    75
    1
    • ފޮޅި

      މޮޅުވާހަކައެއްދޯ ތިބުނެލީ؟ ބަންގިއަށްފަހު ނަމާދުކުރުމުގެ ކުރިން ކުރެވޭ ދުއާތަށް އިޖާބަނުކޮށް ރައްދުނުކުރެވޭނެކަމަށް އޮވޭ

      4
      5
  3. ނަސީރު

    ޝައްކެއްވެސް ނެތް މީ ފަހުޒަމާނުގެ އެންމެ ފަހުއަލާމާތްތައް .

    34
    3
  4. ޝީޒާ

    ހެޔޮނުވާނެ އާދޭސް ކޮށްފަ ބުނަން މިވަގުތު ގެސްޓުންނަށް މިތަނަށް ނާދެވޭގޮތް ހަދާ. އަނެއްކާ ތިބުނާ އާވައްތަރު މިތަނަށް އައިސްފީޔާ މި ކުޑަކުޑަ މުޖުތަމައުގެ ދުވަސް ތިޔައީ

    15
    3
  5. މާހިރާ

    ބަލިބަލީގެ ނަންނަމާ ނުރައްކާތެރިކަންހުރި މިންވަރު ހޯދައިގަންނަން ވަރަށް މަސައްކަތް ކުރޭ. އެކަމަކު، އިންސާނުން ދުނިޔޭގައި އުޅުމަށް ފޮނުއްވާފައިވާ މަޤުޞަދާއި، އުޅެން އަންގަވާފައިވަނީ ކޮން ޙައްދެއްގެ ތެރޭގައިކަން ހޯދައިގަންނާކަށް މިމީހުން މަސައްކަތެއް ނުކުރޭ. ފުރަތަމަކަމަކަށް މިކަންކަން ނުހޯދާ ރައްކާތެރިކޮށް އުޅޭނީ ކިހިނެއް؟

    24
    1
  6. މޭން-މޭޑް އާރޓިފިޝަލް ވައިރަސް

    މިއީ ބަޔަކު ގަސްތުގައި ކުރާ ކަމެއް ކަމަށް ވެސް ބުނެއުޅޭ. ވަﷲ އަޢްލަމް.