ކޮވިޑް-19 އާއި ދެކޮޅަށް ސައިދީ އަރައްބިއްޔާއިން އުފެއްދި ވެކްސިން ޓެސްޓް ކުރުމުގެ މަސައްކަތް އެގައުމުން ފަށައިފިއެވެ.

އެގައުމުގެ އިމާމް އަބްދުލް ރަހުމާން ބިން ފައިސަލް ޔުނިވާސިޓީއިން މި ހަފްތާގެ ތެރޭގައި ވެކްސިން ޓެސްޓް ކުރުމުގެ މަރުހަލާ ފަށާފައިވަނީ އެގައުމުގެ ވެކްސިން ކޮވިޑް-19 އާއި ދެކޮޅަށް މަސައްކަތް ކުރާ ކަމަށް ދެއްކުމުން ކަމަށް މީޑިއާ ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

މި ޓެސްޓް ކުރުންތައް ފަށާފައިވަނީ އެގައުމުގެ މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ގުޅިގެންނެވެ.

ޓެސްޓް ކުރުންތައް ފެށުމަށް އެ ޔުނިވާސިޓީން ވަނީ އިނގިރޭސިވިލާތާއި ސްވެޑެންގެ ބޮޑު ދެ ކުންފުންޏާއި އެކު އެއްބަސްވުމެއް ހަދާފައެވެ. މީގެ އިތުރުން އެގައުމުން އަންނަނީ ދުނިޔޭގެ އެންމެ ފުޅާ ދާއިރާއެއްގައި ކޮވިޑް ވެކްސިން އުފައްދަމުން އަންނަ އެސްޓްރަޒެނެކާއާއި ގުޅިގެން ތަހުލީލުތަކަށް ބޭނުންވާ ވަރަށް ވެކްސިން އުފައްދަމުންނެވެ.

ވެކްސިން ޓެސްޓް ކުރަން ފަށާފައިވާއިރު، އެގައުމުން ވަނީ ވެކްސިންގެ ތަހުލީލުތައް ކުރިއަށް ގެންދާ ކުންފުންޏަކާއި ވަކި އެއްބަސްވުމެއް ހަދާފައެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ވެކްސިން ތަހުލީލު ކުރާއިރު، ސައުދީގެ ދިރާސާ ކުރާ ޓީމުގެ މެމްބަރުންނަށް އެކަން ބެލޭނެއެވެ.

އެގައުމުން ވެކްސިންގެ މަސައްކަތް އަވަސް ކޮށްފައިވަނީ ވައިރަސް ހަލުވި ކަމާއި އެކީ އެގައުމުގައި ފެތުރެން ފަށާފައިވާތީއެވެ. އެގޮތުން ބަލާއިރު، މިހާތަނަށް އެގައުމުން މި ބަލި ޖެހިގެން 362،368 މީހަކު ވަނީ ރިޕޯޓް ކޮށްފައެވެ. އަދި 6،415 މީހަކު ވަނީ ބަލި ޖެހިގެން މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޒަމީރު

    ސަޅި
    ސައޫދީ އަށް އިތުރު ފާގަތިކަމާ ކުރިއެރުން ދެއްވާށި

    35
    3
    • ޜަޟީ

      ޓެރަރިސްޓުން

      3
      13
  2. Anonymous

    ބުއްޅަބެއްޔާ ބޮލައް ތީގެ އެއްޗެއް ޖަހާލަބަ ޓެސްޓް ކޮށްލަން

  3. އެދުރުބެ

    ސައޫދީން ވެކްސިން ހަދަނީއޭ! ރާއްޖޭގަ ކޮކާކޯލާ ހަދާގޮތަށް؟

    6
    9
  4. ޖަންގަލި

    ފުރުތަމަ އަމީރުން ގަޔަށް ބާ؟