ދުނިޔޭގެ ގައުމުތަކުގެ ތެރެއިން ޖަޕާނަކީ މިހާތަނަށް ސިއްހީ ނިޒާމު އެންމެ ރަނގަޅު ކަމަށް ބުނަމުން އައި އެއް ގައުމެވެ. އެހެން ނަމަވެސް ކޮވިޑް-19ގެ ބަލި މަޑުކަން ދުނިޔެއަށް ކުރިމަތިވިއިރު، އެގައުމުން ބަލި ޖެހޭ މީހުންނަށް ފަރުވާ ނުދެވި އެތަކެއް ބަޔަކު ވަނީ މަރުވެފައެވެ.

އެގައުމުން ބަލި ޖެހޭ މީހުން އަބަދުވެސް ނިދަނީ ދެން ދުނިޔެއަށް ލޯ ހުޅުވޭނެތޯ ސުވާލު އުފައްދައިގެންނެވެ. މިއީ ހަމަ އެކަނި އެގައުމުގައި މި ބަލި ޖެހޭ މީހުންގެ ވިސްނުމެއް ނޫނެވެ. ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް މި ބަލި ޖެހޭ މީހުންގެ ސިކުނޑިއަށް އަންނަ އެއްޗަކީ މިއީއެވެ.

ޖަޕާނަކީ ކޮވިޑް-19ގެ ބަލި މަޑު ކަމުގެ ސަބަބުން އެކި ގޮތްގޮތުން ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައިވާ ގައުމެކެވެ. އެގޮތުން ބަލި ޖެހޭ މީހުންނަށް އެގައުމުގައި ފަރުވާ ނުދެވި ގެއަށް މަރުމާ ކަމުގެ ވާހަކަތައްވެސް ވަނީ މީޑިއާގައި ފެންމަތިވެފައެވެ.

އެގައުމުގައި ދުވާލެއްގެ މައްޗަށް ބަލި ޖެހޭ މީހުންގެ އަދަދު 7،000 އިން 3،000 ވެއްޓިފައިވީނަމަވެސް، ސިއްހީ ނިޒާމަށް ވަނީ ގޮންޖެހުންތަކެއް އައިސްފައެވެ. އެގޮތުން އެގައުމުގެ 10 ހިސާބަކުން މި ބައްޔަށް ފައްސިވި 8،700 ވުރެ ގިނަ މީހުން ތިބީ ހޮސްޕިޓަލުން ފަރުވާ ލިބޭނެ ދުވަހަކަށް އިންތިޒާރު ކޮށްގެންނެވެ. އޭގެ ފަހުން 11 ހިސާބަކުން މި އަދަދު ވަނީ 18،000 މައްޗަށް އަރާފައެވެ.

އެފަދަ ފަރާތްތަކަށް ހޮސްޕިޓަލުގައި ފަރުވާ ނުދެވި، ނުވަތަ އައިސޮލޭޝަނަށް ނުގެންދެވުމުގެ ނަތީޖާއަކީ ގޭގައި ތިބޭ އިތުރު މީހުންނަށް ބަލި ޖެހުން ނުވަތަ ގޭގައި މަރުވުމެވެ.

2019 ވަނަ އަހަރު އާންމު ކޮށްފައިވާ މައުލޫމާތު ތަކަށް ބަލާއިރު، ޖަޕާނުގައި ކޮންމެ 1000 މީހަކަށް 12 އެނދު ހުރި ކަމަށް ވަނީ ބުނެފައެވެ. އެހެން ނަމަވެސް ފަހުން ހާމަވެފައިވާ ގޮތުގައި އެގައުމުގެ ހޮސްޕިޓަލްތަކުގައި މިލިއަނުން އެނދު އެބަ ހުއްޓެވެ.

އެގައުމުގެ މީހުން ގޭގެއަށް މަރުވުމަށް ދިމާވާ ބައެއް ކަހަލަ ކަންކަމުގެ ތެރޭގައި ޑޮކްޓަރުންގެ ދަތިކަންވެސް ހިމެނޭ ކަމަށް މީޑީއާ ރިޕޯޓްތަކުން ވަނީ ބުނެފައެވެ.