ގުއެންޓެމާލާގެ އަލިފާން ފަރުބަދައެއް ގޮވައި އެތަށް ބަޔަކު މަރުވެއްޖެއެވެ. ގުއެންޓެމާލާ އަކީ އެމެރިކާގެ ސަރަހައްދަކަށް ކިޔާ ނަމެކެވެ.

ގުއެންޓެމާލާގެ "ވޮލްކަން ޑީ ފުއޭގިއޯ" ގޮވައި މިހާތަނަށް 20 މީހުން ޒަހަމުވެފައިވާކަމަށް މީޑިއާތަކުން ރިޕޯޓު ކުރާއިރު މިހާދިސާގައި އެތަށް ބަޔަކު މަރުވެ އަދި އެތަށް ބަޔަކު ވަނީ ގެއްލިފައެވެ.

ގޮވާފައިވާ އަލިފާން ފަރުބަދަ ހިމެނޭ ސަރަހައްދުން 2,000 އަށް ވުރެން ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައިވާއިރު މިހާތަނަށް 18 މީހަކު މަރުވި ކަން ވަނީ ކަށަވަރު ކުރެވިފައެވެ. މިއަދަދު އަދި ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް ބެލެވެއެވެ.

އަލީފާން ފަރުބަދައިގެ އަޅިތަށް 10 ކިލޯމީޓަރަށް ވުރެން މައްޗަށް ވަނީ އަރާފައެވެ.

އެސޯސުއޭޓެޓް ޕްރެސް އިން ބުނާގޮތުގައި އަލިފާން ފަރުބަދައިން ބުރައިގެން ދިޔަ އަޅިތަށް ގެއްގައި ޖެހި އެގެ ރޯވެ އެވަގުތު އެގޭގައި ތިބި 4 މީހަކު މަރުވެފައިވެއެވެ. އަދި މީގެ އިތުރުން ފަރުބަދަ ގޮވި އިރު ބްރިޖް މަތީ މަންޒަރު ބަލަން ތިބި ކުޑަ ދެކުދިން ވަނީ ގައިގަ އަލިފާން ރޯވެގެން މަރުވެފައެވެ.

މިހާދިސާއާއި ގުޅިގެން ގުއަންޓެމޭލާގެ އިންޓަނޭޝަނަލް އޭއާޕޯޓް ބަންދު ކޮށްފައިވާއިރު އިތުރު ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރަން ކަމާބެހޭ ފަރާތަ ތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

އެންމެ ފަހުން މިފަރުބަދަ ގޮވާފައިވަނީ 2015 ވަނަ އަހަރުގެ މާރޗް މަހުގެ ތެރޭގައެވެ. އޭގެ ކުރިން އެންމެ ފަހުން ފަރުބަދަގޮވީ 2004 ވަނަ އަހަރުގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަކްބާ

    އަދިވެސް މޮޔަ ޑަންޕަރުގެ ބަހަށް ގުދުސްގައި އެންބަސީ ހުޅުވާ..! މާތް ﷲ ގެ ކޯފާއަށް ބިރުވެތިވޭ...!

    • ލޮލް

      ތިހިރަ ގަމާރުކަމެއްތާދޯ