މުސްލިމުންނާއި މެދު ވަރަށް އިހާނެތިކޮށް ކަންތައްތައް ކުރަމުން ގެންދާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މުސްލިމުންނަށް ދޭ ހާއްސަ ރޯދަވީއްލުން އަންނަ ބުދަ ދުވަހު ވައިޓްހައުސްގައި ބާއްވަން ނިންމައިފިއެވެ.
ބުދަ ދުވަހު، ވައިޓްހައުސްގައި ބާއްވާ ރޯދަވީއްލުމުގައި ބައިވެރިވާ މެހްމާނުންގެ ނަންތަކެއް ވައިޓްހައުސްއިން އަދި އާންމުކޮށްފައެއް ނުވެއެވެ. މީގެ ކުރިން ވައިޓްހައުސްގައި ބާއްވާފައިވާ ރޯދަވީއްލުންތަކަށް ދައުވަތު ދެއްވާފައިވަނީ އެމެރިކާގެ މުސްލިމް ލީޑަރުންނާއި، އިސްލާމީ ޖަމްއިއްޔާ ޖަމާއަތްތަކުގެ ވެރިންނަށެވެ.
މިއީ އެމެރިކާގެ ކުރީގެ ރައީސެއް ކަމަށްވާ ބިލް ކްލިންޓަންގެ ވެރިކަމުން ފެށިގެން ކޮންމެ ވެރިކަމެއްގައި ވެސް ވައިޓް ހައުސްގައި ބާއްވަމުން އަންނަ ކަމެކެވެ.
އެމެރިކާގެ އާބާދީގައި 3.45 މިލިއަން މުސްލިމުން ހިމެނޭއިރު އެމެރިކާގެ ކުރީގެ ރައީސުން ކަމުގައިވާ ބިލް ކްލިންޓަންއާއި، ޖޯޖް ޑަބްލިޔޫ ބުޝްއާއި، ބަރަކް އޮބާމާ ވެސް އެބޭފުޅުންގެ ވެރިކަމުގައި އައި ކޮންމެ ރަމަޟާންމަހަކު ވައިޓްހައުސްގައި ރޯދަވީއްލުމެއް ބާއްވާފައި ވެއެވެ.
2016 ވަނަ އަހަރު މަގާމާ ހަވާލުވި ޑޮނަލްޑް ޓްރަމްޕް މިދިޔަ އަހަރު ވައިޓްހައުސްގައި ރޯދަވީއްލުމެއް ބާއްވާފައެއް ނުވެއެވެ.
ޓްރަމްޕް ވަނީ މި ރަމަޟާން މަސް ފެށުމާއެކު އެމެރިކާގެ މުސްލިމުންނަށާއި، އިސްލާމީ ގައުމުތަކަށާއި ދުނިޔޭގެ މުސްލިމުންނަށް ތަހުނިޔާގެ މެސެޖެއް ފޮނުވާފައެވެ.
މިދިޔަ އަހަރުގެ ރަމަޟާންމަހާ ގުޅިގެން ޓްރަމްޕް އޭނާގެ އަމިއްލަ ނަމުގައާއި، އަނބިމީހާ މެލާނިއާގެ ނަމުގައި އެމެރިކާ ރައްޔިތުންނަށާއި، ހުރިހާ މުސްލިމުންނަށް އީދުގެ ތަހުނިޔާ ވެސް ފޮނުއްވާފައި ވެއެވެ.
ޓްރަންޕް ބުދަ ދުވަހު ހާއްސަ ރޯދަވީލުމެއް ދޭއިރު ޣައްޒާއާ އިސްރާއީލު ގުޅޭ ބޯޑަރުގައި މި ރައްމަޟާން މަހު އިސްރާއީލުން ހިންގި ޖަރީމާއަށް އެމެރިކާއިން ދަނީ ތާއީދު ކުރަމުންނެވެ. އެ ޖަަރީމާގެ ޒިންމާ އެމެރިކާއިން އެޅުވީ ޣައްްޒާ ކޮންޓްރޯލްކުރާ ހަމާސް ޖަމާއަތުގެ ބޮލުގައެވެ.
ތިޔަ ދޭ ރޯދަވީއްލުމަށް އެއްވެސް މީހަކު ނުދިޔުމަށް ގޮވާލަން.
ޓުރަމްޕު ކޮންއިރަކުތަ ރޯދައީ.
އިޓްސް އަ ޓްރެޕް!
ދާންވާނެ މުސްލިމުންގެ ގޮތަކީدعوت ގަބޫލުކުރުން އެއީ މުސްލިމުންގެ މާތްސިފައެއް ބަދަހިފުމުފެ روح ގެންގުޅިގެން ނުވާނެ
ސާބަހޭ ޓްރަންމްޕް ތީ މީހަކީ! ޓްރަންޕްގެ އުމުރު ދިގުކުރައްވާ ދެވަނަ ދައުރެއް ލިބުން އެދި ދުއާ ކުރަން