ސޫރަދަ ނިޒާމު (ސޯލާ ސިސްޓަމް)ގެ ތެރޭގައި ހިމެނޭ އިރާ އެންމެ ދުރުގައިވާ ގުރަހަ (ޕްލެނެޓު) ސައިންސްވެރިން ހޯދައިފިއެވެ.

"ޑެެއިލީމެއިލް" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ގުރަހަ ފެނިފައިވާ ޖައްވީ ސައިންސްވެރިން ގުރަހައިގެ ނަމަކަށް ދީފައި ވަނީ "ފާފަރައުޓު" އެވެ. އަދި މި ޕްލެނެޓަކީ ސޫރަދަ ނިޒާމުގައި ހިމެނޭ ހުރިހާ ގުރަހައަކަށްވުރެ އިރާއި ދުރު ގުރަހައެއް ކަމަށާއި، މި ގުރަހަައާއި އިރާއި މެދު ޕްލޫޓޯ އާއި އިރާއި ދެމެދުގައި ހުންނަ ދުރުމިނުގެ ހަތަރު ގުނަ ދުރުމިންް ހުންނަ ކަމަށް ވެއެވެ. މީީގެކުރިިން ސޫރަދަ ނިޒާމުގަައި ހިމެނޭ ދުނިޔެއާއި އެންމެ ދުރު ގުރަހައަކީ ޕްލޫޓޯއެވެ.

ޕްލޫޓޯއާއި އިރާއި ދެމެެދުގައި ހުންނަނީ 3.1 ބިލިއަން މޭލު ދުރުމިނެވެ. އަލަށް ފެނުނު ފާފަރައުޓާއި އިރާއި ދެމެެދުގައި 12.2 ބިލިއަން މޭލު ދުރުމިން ހުންނަަ ކަމަށް ވެއެވެެ.

އަލަށް ފެނުނު މި ގުރަހައަށް އަދި ކިޔާ އަސްލު ނަމެއް ނޯންނަ އިރު "ފާފަރައުޓް"އަކީ ވަގުތީގޮތުން ދީފައިވާ ނަމެއް ކަަމަށް ސައިންސްވެރިންނާއި ހަވާލާދީ އެ ނޫހުން ވަނީ ރިޕޯޓުކޮށްފައެވެ. މި ގުރަހައަށް ދީފައިވާ އަސްލު ނަމަކީ 2018 AG37 އެވެ. ފާފަރައުޓުގެ ނަމުން ނަަން ދީފައި ވަނީ މި ގުރަހައާއި އިރާއި ދުރުކަމުން އެކަން ރަމްޒުވާނެހެންނެވެ.

ސައިންސްވެެރިންނަށް ފާފަރައުއުޓު ފެނިފައި ވަނީ ޕްލެނެޓް ނައިން ހޯދުމަށް މަސައްކަތް ކުރަމުން ދަނިކޮށް ކަމަށް ވެއެވެެ. މ،ި ގުރަހަ ފެނިފައިވާ ސައިންސްވެެރިން އަންނަނީ ފާފަރައުޓާ ބެހޭ އެހެން ކަންކަން ދިރާސާކުރުމަށް މަސައްކަތް ކުރަމުންނެެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަޅުސައި

    ފާ ފާރޮއްޓޭ ކީނަމަ މާ ރީތިވީހެއްނު

    • ރެފްރީ

      އަސްލުގަ އެމީހުންއުޅުނީ ދިވެހިނަމެއްކިޔަން .. އެގޮތުން އެމީހުންއުޅުނީ ކާފަގެމުންޑޭކިޔަން