އަވައްޓެރި އިންޑިއާއިން ނިއުކްލިއާ ގާބިލުކަން ލިބިފައިވާ ދުރު ރާސްތާ ބެލިސްޓިކް މިސައިލެއް ކާމިޔާބު ކަމާއެކު ޓެސްޓުކޮށްފިއެވެ.

އިންޑިއާ އިން މިސައިލް ޓެސްޓްކޮށްފައި މި ވަނީ ކަޝްމީރުގެ މައްސަލާގައި ޕާކިސްތާނާ އެކު މަޝްރަހު ހޫނުވެފައި ވަނިކޮށެވެ.

މި މިސައިލު ޓެސްޓުކޮށްފައިވަނީ ބޭ އޮފް ބެންގާލް ކައިރީ ގައި އޮންނަ އިންޑިއާގެ ސްޓޭޓެއް ކަމުގައިވާ އޮޑިޝާގައެވެ. އަގްނި-5 ގެ ނަމުން ނަން ދެވިފައިވާ މިސައިލަކީ 5000 ކިލޯމީޓަރަށް ދަތުރު ކުރުމުގެ ގާބިލުކަން ލިބިފައިވާ މިސައިލެކަމަށް ރިޕޯތްތައް ބުނެއެވެ.

އެ މިސައިލު ޓެސްޓުކޮށްފައިވަނީ އެކަމަށްޓަކައި ތައްޔާރުކޮށްފައިވާ މޯބައިލް ލޯންޗާއެއް ބޭނުންކޮށްގެންނެވެ.

އިންޑިއާގެ ޑިފެންސް މިނިސްޓްރީން ބުނީ މިއީ އަގްނި-5 ގެ ހަވަނަ ޓެސްޓު ކަމަށާއި އެ ޓެސްޓުގައި މިސައިލްގެ ފުރިހަމަ ރާސްތާއަށް ދަތުރުކޮށްފައިވާ ކަމަށެވެ.

މި މިސައިލްއަކީ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ތަރައްގީކޮށްފައިވާ މިސައިލެކެވެ. އަގްނި ސީރީޒްގެ ހަތަރު މިސައިލް އިންޑިއާއިން ވަނީ ތަރައްގީކޮށްފައެވެ. އެ މިސައިލްތަކަކީ ކުރު އަދި މެދު ރާސްތާގެ މިސައިލުތަކެއް ކަމަށް އިންޑިއާއިން ބުނެއެވެ.

އަގްނީ-5 ސީރީޒްގެ ފުރަތަމަ މިސައިލް އިންޑިއާ އިން ފުރަތަމަ ޓެސްޓްކޮށްފައި ވަނީ 2012 ވަނަ އަހަރު އެވެ. ދެ ވަނަ މިސައިލް 2013 ވަނަ އަހަރު އަދި ހަތަރު ވަނަ މިސައިލް ޓެސްޓްކޮށްފައި ވަނީ 2015 ވަނަ އަހަރު ކަމަށް ޕްރެސް ޓްރަސްޓް އޮފް އިންޑިއާ އިން ބުނެ އެވެ.

އަގްނީ (އަލިފާން) ސީރީޒްގެ މިސައިލްތަކަކީ އެންމެ ކުރިއަރާފައިވާ ހަތިޔާރުގެ އެއް ބާވަތެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މީ ހުއްދަ އޮންނަ ބައެއްދޯ!

  2. ތީގެ މިސައިލެއް ވަގުޔާމީނު ބޮލަށް އަޅަންވީ

  3. މީތި ރާއްޖެއައް އަންނާނެތަ؟