ކޮވިޑް-19 ޖެހިގެން މެކްސިކޯއިން އިތުރު 1,214 މީހަކު މަރުވެއްޖެއެވެ.

އެގައުމުން އިތުރު 1،214 މީހަކު މަރުވެ، އެ ބަލީގައި ޖުމްލަ އެގައުމުން މަރުވި މީހުންގެ އަދަދު ވަނީ 173,771 އަށް އަރާފައެވެ. މިހާތަނަށް އެގައުމުން އެއް ދުވަސްތެރޭ އެންމެ ގިނަ މީހުން މަރުވެފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހުއެވެ. އެދުވަހު އެގައުމުން 1،803 މީހަކު ވަނީ މި ބަލި ޖެހިގެން މަރުވެފައެވެ.

މެކްސިކޯ އިން އިތުރު 9,741 މީހަކު މި ބައްޔަށް ފައްސިވެފައިވާ އިރު، މިހާރު ޖުމްލަ ފައްސިވި މީހުންގެ އަދަދު ވަނީ 1,988,695 އަށް އަރައިފައެވެ. މެކްސިކޯއިން މިހާތަނަށް 13 ވަނަ އަށް އެންމެ ގިނަ މީހުން ފައްސިވެފައިވާ ގައުމެވެ. މިހާތަނަށް އެއް ދުވަހެއްގައި އެންމެ ގިނަ މީހުން އެގައުމުން ފައްސިވެފައިވަނީވެސް ޖެނުއަރީ މަހުގެ 22 ވަނަ ދުވަހުއެވެ. އެދުވަހު އެގައުމުން 22،339 މީހަކު ވަނީ ބައްޔަށް ފައްސިވެފައެވެ.

މެކްސިކޯއަކީ ބަލީގެ ނުރައްކާ ބޮޑު ގައުމެކެވެ. މިހާތަނަށް އެގައުމުން މި ބަލި ޖެހިގެން ރަނގަޅުވެފައި ވަނީ 1,542,991 މީހެކެވެ. މި ބައްޔަށް 271,933 މީހަކަށް ފަރުވާ ދެމުން އަންނައިރު، އޭގެ ތެރެއިން 4,798 މީހަކަށް ފަރުވާ ދެމުން އަންނަނީ ސީރިއަސް ހާލުގައި ނުވަތަ އައިސީޔޫގައި ކަމަށް ކޮވިޑް-19ގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް އާންމު ކުރާ ގައުމީ އިދާރާއަކުން ވަނީ ބުނެފައެވެ.

ދުނިޔޭގެ 219 ގައުމަކާ ސަރަހައްދަކުން ކޮވިޑް-19 ފެނިފައިވާއިރު، މިހާތަނަށް 109,182,938 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ. އޭގެ ތެރެއިން 81,226,170 ރަނގަޅުވެފައިވާއިރު 2,407,059 މީހަކު ވަނީ މަރުވެފައެވެ.