މިޔަންމާގައި ހިނގަމުންދާ ބަޣާވާތާ މެދު ހިތްހަމަނުޖެހިގެން މުޒާހަރާ ކުރާ މީހުންނާ މެދު ހަރުކަށިކޮށް އަމަލު ކުރާތީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އދ. އިން ދީފިއެވެ.

ޔުނައިޓެޑް ނޭޝަންސް (ޔޫއެން)ގެ ސްޕެޝަލް އެންވޯއީ ވަނީ މިޔަންމާގައި މުޒާހަރާ ކުރާ މީހުންނާ މެދު ހަރުކަށިކޮށް އަމަލު ކުރާ ނަމަ އެކަމުގެ ނަތީޖާ ރަނގަޅު ނުވާނެ ކަމަށް ބުނެފައެވެ.

މިޔަންމާގެ ބޮޑު ހިސާބުތަކުގައި ބަރު އުޅަނދާއި ހަތިޔާރާއި އެކު ސިފައިން ހަރަކާތްތެރިވި ނަމަވެސް އާއްމުން ދަނީ މުޒާހަރާ ކުރިއަށް ގެންދަމުންނެވެ.

ބަޣާވާތާ ދެކޮޅު ހެދުމަށް ބައެއް މީހުން ދަނީ އެ މީހުންގެ ހެދުމުގައި ރަތް ރިބަން ހިފަައިގެން ތިބެ ނަގާފައިވާ ފޮޓޯ ހާމަކުރަމުންނެވެ. އަދި ބައެއް ސިއްހީ މަސައްކަތްތެރިންނާއި މުދައްރިސުން ފަދަ އާއްމު ޚިދުމަތްދޭ މީހުންވެސް ވަނީ އިހުތިޖާޖު ކުރަން ފަށައިފައެވެ. މިޔަންމާގައި މުޒާހަރާ ކުރަން ފަށާފައި ވަނިކޮށް އަސްކަރިއްޔާއިން ވަނީ ބައެއް ހިސާބުތަކުން ކަރަންޓު ކަނޑާލައިފައެވެ.

އަދި މުޒާހަރާތަކުގެ ބައިވެރިން ގަޔަށް ރަބަރު ވަޒަން ޖެހުން ފަދަ ކަންކަން ހިންގާފައިވެއެވެ.

މިޔަންމާ އަށް ބަޣާވާތެއް ގެނައި ކަން އަސްކަރިއްޔާ އިން އިއުލާން ކުރީ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު ކަމަށް ވާއިރު އެ ގައުމުގެ އަސްކަރިއްޔާ އިން ވަނީ އެ ގައުމު ހިންގުމާ އަސްކަރިއްޔާ އިން އެއް އަހަރު ދުވަހަށް ހަވާލުވެފައިވާ ކަމަށް އިއުލާންކޮށްފައެވެ. އަދ އަސްކަރިއްޔާގެ ޓީވީން މިޔަންމާގައި ކުއްލި ނުރައްކަލުގެ ހާލަތު ވެސް އިއުލާންކޮށްފައެވެ.

އަސްކަރިއްޔާ އިން ވަނީ އެ ގައުމުގެ ވެރިއަކީ ޗީފް ކޮމާންޑަރު ކަމަށް އިއުލާންކޮށް، ދައުލަތުގެ ޓީވީގެ ހިދުމަތް މެދުކަނޑާލާފައެެވެ.

އެ ގައުމުގެ އަސްކަރިއްޔާއިން ވަނީ މިޔަންމާގެ ލީޑަރާއި ރައީސާއި ދައުލަތުގެ ހުރިހާ އިސްވެރިންނާއި އެކި ޕްރޮވިންސްތަކުގެ އިސްވެރިންނާއި ވެރިކަން ކުރާ ޕާޓީގެ ވެރިން ވަނީ ހައްޔަރުކޮށްފައެވެ.

މިޔަންމާގެ އަސްކަރިއްޔާ އިން ހިތްހަމަނުޖެހުނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ބޭއްވި އިންތިހާބުގައި އަސްކަރިއްޔާ އަށް ކޮންޓްރޯލް ގެއްލުމުންކަން ފާހަގަކޮށްލެވެއެވެ. އެ އިންތިހާބުގެ 476 ގޮނޑީގެ ތެރެއިން 396 ގޮނޑި ކާމިޔާބު ކުރީ ސުލްހައިގެ އިނާމު ލިބިފައިވާ މިޔަންމާގެ ލީޑަރު އޮން ސަން ސޫކީގެ ޕާޓީ ނެޝަނަލް ލީގް ފޮ ޑިމޮކްރަސީ (އެންއެލްޑީ) އިންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހުމަދު ޗާބީބޮކާ

    ސުލްހައިގެ އިނާމޭ ނުލިޔެ ލިޔެލަބަލަ މިޔަންމާގަ މުސްލިމުންމަރާ އެކަމައް ހިއްވަރުދިން އަންހެނެއް

    11
    2
  2. ސޫކީ

    އާންމުންވެސް ވަކި ރަނގަޅެއްނޫން. ރޮހިނޔާ މުސްލިމުންގެ ގަތުލްއާނމު ހިނގުމުގައި ތިގައުމުގެ އާނމުންގެ ތާއިދު ވަނީ ލިބިފައި އަދި ގަތުލުއާންމު ހިނގުމުގައި އެމީހުންވަނީ ބައިވެރިވެފައި. ޢެކަމާދެކޮޅައް އެންމެ މުޒާހުރާއެއްވެސް މިޔަންމާގައި ކޮއްފައިނުވޭ. ނުވިތާކައް ސޫކީވަނީ އެކަމާއި އެއްކޮޅައް ވާހަކަދައްކާފައި.

    13
    1