ކޮވިޑް-19 ވެކްސިނުގެ ސައިޑް އިފެކްޓުތަކުގެ ސަބަބުން އިންޑިއާގެ ސިއްހީ ހިދުމަތްތެރިއަކު މަރުވެއްޖެއެވެ.

"ޓައިމްސް އޮފް އިންޑިއާ" އިން ރިޕޯޓުކޮށްފައިިވާ ގޮތުގައިި އިންޑިއާގެ ދެހްރާދުންގައި ވެކްސިނުގެެ ސައިޑް އިފެެކްޓުތަކުގެ ސަބަބުން މަރުވެެފައި ވަނީ އުމުރުން 24 އަހަރުގެ މެޑިިކަލް އިންޓާންއެކެވެ. އެކަމަކު އޭނާ ޖެހީ ކޮވިޑްގެ ކޮން ވެކްސިނެއް ކަމެއް އެނގިފައެއް ނުވެއެވެ.

އިންޑިއާގައި ދެ ވައްތަރެއްގެ ވެކްސިން ދަނީ ބޭނުން ކުރަމުންނެވެ.

ވެކްސިން ޖެހުމުގެ ސަބަބުން ވާން ފެށި އުނދަގޫތަކުގެ ސަބަބުން އޭނާ ހޮސްޕިޓަލުުގައި އެޑްމިިޓުކޮށްފައި ވަނީ މި މަހުގެ ފަސް ވަނަ ދުވަހު ކަމަށާއި، އޭގެ ފަހުން ހާލު ދެރަވަމުން އައިސް އޭނާ މަރުވީ އާދީއްތަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށް ވެއެެވެ.

އޯލް އިންޑިއާ އިންސްޓްޓިޓިއުޓް އޮފް މެޑިކަލް ސައިންސްގައި މަސައްކަތް ކުރަމުން ދިޔަ އެ މީހާ މަރުވުމާ ގުޅިިގެން އެ އިިންސްޓިޓިއުުޓުން ވަނީީ އެމީހާ މަރުވެފައިި ވަނީ ވެކްސިން ޖަހައިގެން ނޫން ކަމަށް ބުނަން ފަށައިފައެވެ. ނަމަވެސް އޭނާ އަށް ފަރުވާ ދިން ހޮސްޕިޓަލުން ވަނީ އެމީހާ މަރުވީ ވެކްސިން ޖެހުމުގެ ސަބަބުން ލިބުނު ގެއްލުމުން ކަމަށް ބުނެފައެވެ.

ވެކްސިން ޖެހުމުގެ ސަބަބުން ގަދަ ހުުމެއް އައުމާއި ވަރަށް ގަދައަށް ހޮޑު ލެވުން ފަދަ މައްސަލަތައް އޭނާ އަށް ދިމާވިކަމަށް ވެއެވެ.

ވެކްސިން ޖެހުމުގެ ސަބަބުން ހުން އައުން ފަދަ ކަންކަން ބައެއް މީހުންނަށް ދިިމާވެއެއެވެ.ނަމަވެސް 24 ގަޑިިއިރު ތެރޭގައި އެކަންކަން އެއްކޮށް ފިލައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ހަމްދާން

  އިންޑިޔާގަ ޖަހާ ވެކްސީން މިތާގަވެސް މިޖަހަނީ. މި ވެކްސީނުގެ ސައިޑް އިފެކްޓުތައް އިނގޭނީ އަދި ދެ ތިން މަހުން.

 2. މުހައްމދު

  ނުކުރާނަން ޤަބޫލެއް. ވެކްސިންޖަހައިގެން ގޯހެއް ހިނގާނެނަމަ އެޖަހާކަށް ޑަބްލިޔު.އެޗް.އޯ ކަހަލަ މާތް އޯގަނައިޒޭޝަނަކުން އެހާވަރަކަށް ނޫޅެނެ. ޤާނޫނު ހަދައިގެން މަޖުބޫރެއްވެސް ނުކުރާނެ. ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްް

  4
  5
  • ޑރ ބުރޯ

   ކަލޯ އަށް އިންގޭތަ އަވަސް އަރުވާލައިގެން ކުރާ އެއްވެސް ކަމެއް ރަގަޅު ނަތީޖާ އެއް ފެންނަނެކަމަށް؟ ތި ވެކްސިންގެ ވެސް ސައިޑްއިފެކްޓް ހުންނާނެ އެކަން އިނގޭނީ ފަހުން ބައެއް މީހުންނަށް ވަގުތުން ވެސް ފެނިދާނެ މަރުވެސް ވެދާނެ ބައެއް ނީހުންނަށް އެކިކަހަލަ ޑިސްއޯޑަރ ޑިޒީޒަސް ޖެހިދާނެ އަނެއް ބައިމީހުންނަށް ކުދިން ލިބުމުންވެސް މަހުރުމް ވެދާނެ ސައިޑްއިފެކްޓް ގެ ސަބަބުން ދުރު ނުސްތަގުބަލުގައި ލިބޭ ގެއްލުން އެއީ