މިހާރު ފެތުރެެމުން އަންނަ ނުރައްކާތެރި ވައިރަސް ކޮވިޑް-19 އާއި ރައްކާތެރިވުމަށް އުފައްދާފައިވާ ވެކްސިންތަކުގެ ތެރޭގައި ހިމެނޭ އެެންމެ ކާމިޔާބު އެެއް ވެކްސިން ކަމަށްވާ ފައިޒާ ވެކްސިނުގެެ މައުލޫމާތުތަކެއް ވަގަށް ނެގުމަށް އުތުރު ކޮރެއާއިން މަސައްކަތް ކޮށްފިއެވެެ.

އެގައުމުގެ ލީޑަރު ކިމް ޖޮން އުން ވަނީ ތަކުރާރުކޮށް އެގައުުމުން ކޮވިޑް-19 ފެނިފައި ނުވާކަމަށް ވިދާޅުވެފައެވެ. އުތުުރު ކޮރެއާ އަކީ މި ބަލި މިހާތަނަށް އެއްވެސް މިންވަރަކަށް ފެނފައި ނުވާ މަދު ގައުމުތަކުގެ ތެރޭގައި ހިިމެނޭ ގައުމެކެވެ.

"ޑެއިލީ މެއިލް" އިން ދެކުނު ކޮރެއާގެ ޤާނޫނު ހަދާ މަޖިިލީހުގައި ހިމެެނޭ އިދިކޮޅު މެެންބަރެއް ކަމަށްވާ ހާ ތައެ-ކައުންގ އާއި ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި އުތުރު ކޮރެއާއިން ވެކްސިނުގެެ މައުލޫމާތު ވަގަށް ނެގުމަށް އަންނަނީ ގިނަ މަސައްކަތަކެއް ކުރަމުންނެވެެ.

އެގައުމުގެ ނެޝަނަލް އިންޓެލިޖެންސް އެޖެންސީ (އެންއައިއޭ)އިން ވެސް ވަނީ ފައިޒާ ވެެކްސިން ވަގަށް ނެގުމަށް އުތުރު ކޮރެއާއިން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ހާމަކޮށްފައެވެެ. އަދި އެމީހުން މަސައްކަތް ކުރަނީ މި ފޯމިއުލާ ހެކްކޮށްގެން ވަގަށް ނެގުމަށް ކަމަށް އެެ ނޫހުން ވަނީ ތައެކައުންގ އާއި ހަވާލާދީ ރިިޕޯޓުކޮށްފައެެެވެ.

"އެމީހުން މަސައްކަތް ކުރަމުން އަންނަނީ ކޮވިޑް ވެެކްސިނުގެ މައުލޫމާތު ސައިބާ އެޓޭކްތަކެއް ދީގެން އަތުލައިގަތުމަށް. ފައިޒާ ހެކްވެސް ކުރި" އުތުރު ކޮރެެއާ އަށް ތުހުމަތުކޮށް އޭނާ ބުނެފައި ވެއެެވެ.

މިކަމާއި ގުޅޭ ގޮތުން އޭނާވެސް އަދި އިންޓެެލިޖެންސް އެޖެެންސީންވެެެސް އެއްވެސް އިތުރު މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

މިދިޔަ އަހަރުގެ ތެރޭގައި ވެސް އުތުރު ކޮރެއާގެ ހެެކަރުންތަކެއް ބައެއް ކުންފުނިތަކުން މިފަދަ ވައްކަމެއް ކުރަން އުޅުނު ކަމުގެ ތުހުމަތުތަކެެއް ވަނީކޮށްފައެވެ. މިދިޔަ އަހަރުގެެ ތެރޭގައި އެމީީހުން ވައްކަން ކުރަން މަސައްކަތް ކުރި ތަންތަނުގެެ ތެެރޭގައި ޖޯންސަން އެންޑް ޖޯންސަން އާއި، ނޮވެވެކްސްގެެ އިތުރުން ކޮވިޑް ވެެކްސިން އުފެއްދުމުގައި ކާމިޔާބު ކުންފުނި އަސްޓްރަޒެންސާ ވެސް ހިމެނެެއެެވެ.

ކިޔުންތެރިންގެ ހިޔާލު