ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކޮވިޑް-19ގެ އާ ވައްތެއް ފެނިއްޖެ ކަމަށާއި އެ ވައްތަރަށް ވެކްސިންގެ މާ ބޮޑު އަސަރެއް ނުކުރާނެ ކަމަށް ސައިންސްވެރިން ބުނެފިއެވެ.

ސައިންސްވެރިން ބުނެފައިވަނީ ކޮވިޑް-19ގެ މި ވައްތަރު ފެނިފައިވަނީ އިނގިރޭސިވިލާތުން ކަމަށެވެ. B.1.525 ނަމުން ނަންދީފައިވާ މި ވައްތަރަށް އެގައުމުން މިހާތަނަށް 33 މީހަކު ވަނީ ފައްސިވެފައެވެ.

އިނގިރޭސވިލާތުން ކޮވިޑް-19ގެ އިތުރު ވައްތަރެއް ފެނިފައިވާއިރު، މީގެ ކުރިންވެސް އެގައުމުން ވަނީ ކޮވިޑް-19ގެ ވައްތަރެއް ފެނިފައެވެ.

ސައިންސްވެރިން ބުނެފައިވަނީ އަލަށް ފެނިފައިވާ ވައްތަރަކީ ދެކުނު އެފްރިކާއާއި ބްރެޒިލްއިން ފެނިފައިވާ ވައްތަރާއި ދާދި އެއްގޮތް ކަމެއް ހުންނަ ވައްތަރެއް ކަމުން ވެކްސިންގެ މާ ބޮޑު އަސަރެއް ކުރާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

އެގައުމުން ކޮވިޑް-19ގެ އާ ވައްތަރު ފެނުމާއި ގުޅިގެން މިވަގުތު އަންނަނީ އިއުލާނު ކޮށްފައިވާ ފިޔަވަޅުތަކަށް ލުޔެއް ނުދޭނެ ކަމަށް ހިޔާލު ތަފާތުވުންތަކެއް އުފެދެމުންނެވެ. އެގޮތުން އެގައުމުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަން ވަނީ ދެކުނު އެފްރިކާއިން ފެނިފައިވާ ވައްތަރު ފެތުރޭ ކަމުގައިވާނަމަ ފިޔަވަޅުތަކަށް ލުޔެއް ނުދޭން ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެމަންޖެ

    މިހާރު ދިވެހިގައުމުގަ އުޅުއްވާ ރޯޔަލް ބޭފުޅުން ބޭނުންވާނި ތިޔަ އާވައްތަރުގެ އަޖުމަ ބަލާލަން.

    9
    2
  2. ނުކަތާ ސިއްހީ ނިޒާމު

    ފުރަތަމަ ކޮވިޑު19، ދެން އާވައްތަރު، އަނެއްކާވެސް އާވައްތަރު. ޑަބްލިޔު، އެޗް، އޯ އިން މިއުޅެނީ ކޯޗެއް ދުނިޔެއަށް ހަދަންތަ.؟ މުޅި ދުނިޔެ އެމީހުންގެ ދަށުގައި ބާއްވައިގެން،، އާވައްތަރޭ، ވެކްސިނަށް ނުގުޑައޭ.. ކިޔައި ރައްޔިތުން ގޭބަނދުކޮށް ދަރިންގެ ތައުލީމުން މަހްރޫމުކޮށް. މިހަދާއެއްޗެއް ނިކަން ބުނެބަލަ.. ދުނިޔެއަށް ބޭނުންވާވަރަށް ސިއްޙީ*ނިޒާމު ތަރައްޤީވެފައި ނެތުމަކީ ރައްޔިތުން 5 އަހަރު ވަންދެން ބިރުވެރިކަމެއްގެ ތެރޭ ބައިތިއްބަން ޑަބްލިޔު، އެޗް، އޯ އަށް ލިބިގެންވާ ހައްގެއް ނޫން.. ބައްޔަކީ ފަސޭހައިން ރަގަނޅު ކުރެވޭ ބައްޔެއް. މައްސަލައަކީ އެއފަހަރާ ގިނަ ބަޔަކު ބަލި ވެއްޖެޔާ ސިއްހީ ނިޒާމަށް ނުކަތުން.. އެއީ ގޭބަންދުވެ ކުރިމަގަށް މަސައްކަތް ނުކޮށް، ވިއްސަކަށް ދުވަހު އެކަހެރިވެގެން އޮންނަން މުޅި ދުނިޔެއަށް މަޖުބޫރު ކުރަން ޑަބްލިޔު، އެޗް. ޢޯ އޮތް ކޮން ހައްގެއްތޯ.. މަރުވާން ހުރިމީހަކު މަރުވާނެ،، މިހާރު ދެން މީ ބޮޑުވަރު..

    2
    2