ޕާކިސްތާނުގެ ހިސާބެއް ކަމަށް ބަލޮޗިސްތާނާއި އެ ގައުމުގެ ސިޓީއެއް ކަމަށްވާ ގިލްގިޓްއިން ފެނިފައިވާ އިންސާނޫންގެ ކައްވަޅުތައް ތަހުގީގު ކުރުމަށް ޔުނައިޓެޑް ނޭޝަންސް (ޔޫއެން) ގައި އެދިއްޖެއެވެ.

އެ ކައްވަޅުތައް ތަހުގީގު ކުރުމަށް ޔޫއެންގައި އެދިފައިވަނީ އިންޑިއާގެ ކަޝްމީރުގެ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުންނެވެ.

މީގެ އިތުރުން އެ ޖަމާއަތުން ވަނީ ޔޫއެންގެ އަރިހުން ޕާކިސްތާނުގެ ބާރު އޮންނަ ކަޝްމީރުގައި ހިނގަމުން އަންނަ ލާއިންސާނީ އަމަލުތައްވެސް ބަލައިދިނުމަށް ލިޔުމެއް ހުށަހަޅައިފައެވެ.

އެ ޖަމާއަތުން ވަނީ ވީ އެންމެ އަވަހަށް އެ ތަހުގީގުތައް ކޮށްދިނުމަށް ޔޫއެންގައި އެދިފައެވެ.

"އަޅުގަނޑުމެން، ހިއުމަން ރައިޓްސް ކައުންސިލް (އެޗްއާރުސީ) އަށްވެސް އަދި ޔޫއެންއަށްވެސް ދަންނަވަން ވީ އެންމެ އަވަހަށް ހެކި ހޯދޭނެ ވަރުގެ ތަހުގީގެއް ބަލޮޗިސްތާނާއި ގިލްގިޓް އިން ފެނުން ކައްވަޅުތަކަށް ކުރަން، އަދި ޕާކިސްތާނުގެ ސަރުކާރުން ގިލްގިޓް، ބަލޮޗިސްތާން، އަދި ޕާކިސްތާނުން ބާރު ހިނގާ ކަޝްމީރުގައި ދެމުން އަންނަ ލާ އިންސާނީ އަމަލު ހުއްޓުވުމަށްވެސް އެޗްއާރުސީއަށް ދަންނަވަން" ވޮއިސް ފޯ ޕީސް އެންޑް ޖަސްޓިސް ޖަމާއަތުން ނެރެފައިވާ ލިޔުމުގައި ބުނެފައިވެއެވެ.

އެ ޖަމާއަތުން ވަނީ އެގައުމުން ކަޝްމީރު، ޙީބާ ޕަކްތުންކްވާ، ގިލްގިޓް އަދި ބަލްޓިސްތާނުގައި ތިބި މައުސޫމް މީހުން މެރުން ހުއްޓުވުމަށްވެސް ގޮވާލާފައެވެ. އަދި އެގައުމުން ހިންގަމުން އަންނަ ލާއިންސާސީ އަމަލުތައްވެސް ވަގުތުން ހުއްޓާލުމަށް އަންގަންވެސް ވަނީ ބުނެފައެވެ.

"އެޗްއާރުސީން ޖެހޭ ޕާކިސްތާނު މީހުން ކައިރީ އެކަންކަން ވަގުތުން ހުއްޓާލުމަށް ބުނަން، އަދި ވަގުތުން އެ ސަރަހައްދުތަކަށް 1947 ވަނަ އަހަރު ވެރިވެގެން ތިބި ސިފައިންގެ މީހުން އެތަނުން ބޭރު ކުރަން" އެ ލިޔުމުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެޗްއާރުސީން ޕާކިސްތާނުގެ ސަރުކާރަށް ނިރުބަވެރިން ފޮނުވުމާއި ހަތިޔާރު ފޮނުވުން ހުއްޓުމަށް އަންގައި، މީސްމީޑީއާގައި އިންޑިއާއާއި ދެކޮޅަށް ދައްކަވަމުންދާ ވާހަކަތައްވެސް ހުއްޓުވުމަށް އެންގުމަށް ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު