ކީރިތި ޤުރުއާނަށާއި ކީރިތި ރަސޫލާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް އަދި އިސްލާމްދީނަށް ފުރައްސާރަ ކުރި ކްރިސްޓިއަން ދީން ގަބޫލުކުރާ ދެމީހަކު ޕާކިސްތާނުން ހައްޔަރު ކޮށްފި ކަމަށާއި އެމީހުންގެ މައްސަލަ ބަލައި ދާދި އަވަހަށް އެމީހުންނަށް މަރުގެ އަދަބު ދޭނެ ކަމަށް ޕާކިސްތާންގެ އޮފިޝަލުން ބުނެފިއެވެ.

އިސްލާމްދީނަށް ފުރައްސާރަކުރި ދެމީހުންގެ މައްސަލަ ޕާކިސްތާންގެ ފުލުހުންނަށް ހުށަހަޅާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެމައްސަލައިގައި ހިމެނޭ ދެމީހުން އިއްޔެ ވަނީ ހައްޔަރު ކޮށްފައެވެ.

އިސްލާމްދީނަށް ފުރައްސާރަކުރި މީހުންނާއި ގުޅޭ އިތުރު މައުލޫމާތެއް އަދި ޕާކިސްތާނުން ހާމައެއް ނުކުރެއެވެ.

އިސްލާމްދީނަށް ފުރައްސާރަ ކުރާ މީހުންނަށް މަރުގެ އަދަބު ދޭން ޕާކިސްތާނުން މީގެ ކުރިން ވެސް ޙުކުމްތައް ކޮށްފައި ވެއެވެ. 2011 ވަނަ އަހަރު އިސްލާމްދީނަށް ފުރައްސާރަ ކުރި އަންހެނަކު ހައްޔަރުކޮށް އޭނާއަށް ވެސް މަރުގެ ޙުކުމް އިއްވާފައި ވެއެވެ. އަށް އަހަރު ދުވަހު އޭނާ ޖަލުގައި ބެހެއްޓުމަށް ފަހު މިހާރު ވަނީ ޙުކުމް ރިވިއު ކުރަން ނިންމާފައެވެ.

އޭނާގެ ހިމާޔަތުގައި އިންސާނީ ޙައްޤުތަކަށް މަސައްކަތް ކުރާ ކަމަށް ބުނާ ޖަމާޢަތްތަކުން ވަނީ ވަރަށް ބޮޑަށް އުފުލާފައެވެ. އަދި އޭނާ ބަންދުން ދޫކޮށްލަން އެކި ގައުމުތަކުން ކެނޑިނޭޅި ޕާކިސްތާނަށް އަންނަނީ ޕްރެޝަރު ކުރަމުންނެވެ.

މީގެ އިތުރުން 2013 ވަނަ އަހަރު އިސްލާމްދީނަށް ފުރައްސާރަކުރި ޕާކިސްތާންގެ ފިރިހެނަކު ވެސް ހައްޔަރު ކޮށްފައި އެބަހުއްޓެވެ. އޭނާ އަށް ވެސް މަރުގެ ޙުކުމް އަންނާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ހަގީގަތް

    ސާބަހޭ ޕާކިސްތާން..ﷲއަށާ އެކަލާނގެ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަދި ގުރުއާނައް ހަޖޫޖަހަން ބިރުވެސްގަންނާނެ ދެން ތި ބިމުގައި...ރާއްޖެ ވެސް އުނގެނެންވީ ޕާކިސްތާނާއި އީރާންގެ ޕޮލެސީ...ގުރުއާންދެކެ ވާލޯބި ހާމަވޭ

    31
    1
  2. ރަދީފް

    ބާބަރު.ވަރަށް ރަނގަޅު ނިންމުމެއް.

    12
    1
  3. އެދުރުބެ

    ބުނާތީ އަޑުއިވޭ އިސްލާމްދީނަކީ ކަނޑިއާ ބަޑިން ބިރުދައްކައިގެން އެދީނަށް މީހުންވައްދާ ދީނެއްނޫނޭ

    2
    8
    • ލޮލް

      މީގަ ނެތެއްނު ކަނޑިޔާ ބަޑިން ބިރުދައްކައިގެން އިސްލާމްދީނަށް ވައްދަން އުޅޭ ވާހަކައެއް؟ މީގަ ދެމީހަކު ގުރުއާނަށް ފުރައްސާރަކުރީއޭ އެއްނު ބުނެފަ އެއޮތީ؟ ހަރުކަށި އަދަބު ދިނީމަ އަދަބު ދޭނެކަން ޔަގީންވީމަ ދެންވެސް ކުރިއަށް އޮތްތާނގަ ނުކެރޭނެ އަފަދަ މީހަކަށް އެހެން ފުރައްސާރަކުރާކަށް. އޭރުން ކިތަންމެ ވަރަކަށް ހިރުވިޔަސް ފިއްތައިގެން ހުންނަން ޖެހޭނީ ފުރައްސާރަނުކޮށް. އެހެންވީމަ އެދެމީހުން ދިފާއުކުރާފަދަ ގޮތްގޮތަށް ވާހަކަނުދެއްކުން ސަޅިވާނީ.

      10
      • އެދުރުބެ

        މާދަމާ މިގައުމުގެ މީހަކު ދީން ދޫކޮށްލައިގެން އެމީހާއަށް ދީން ދޫކޮށްލިތީ އަދަބުދޭއިރު ކޮމެންޓެއް ކޮށްލައްޗެ

        2
        2
    • ޥ މޮލު

      މީ ދީނަށް ވެއްދުންތަ؟ ޢެބިމުގެ ޤާނޫނާ ހިލާފުވީމަ އަދަބު ލިބޭނެދޯ؟

  4. އަހްމަދު

    ސަޅި