ސައުދީ އަރަބިއްޔާއިން އެގައުމުގެ އަންހެނުންނަށް އެއްގަމު އުޅަނދު ދުއްވުމުގެ ހުއްދަ ދީ ފުރަތަމަ ފަހަރަށް އަންހެނުންނަށް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދީފިއެވެ.

އިއްޔެ އެގައުމުގެ 200 އަށް ވުރެ ގިނަ އަންހެނުންނަށް ޑްވައިވިންގް ލައިސަންސް ދެވިފައިވާއިރު މުސްތަގުބަލުގައި ފިރިހެނުންނެކޭ ވެސް އެއްހަމައެއްގައި އެގައުމުގެ އަންހެނުންނަށް ފައިތިލަ ސާބިތުކުރެވޭނެ ކަމުގައި އެގައުމުގެ ޓްރެފިކް އާއި ބެހޭ މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

އަދި އެގައުމުގައި ޒަމާނުއްސުރެ އަންހެނުން އެއްގަމު އުޅަނދު ދުށްވުން މަނާކޮށް ހަދާފައިވާ ގާނޫނު އަންނަ މަހުގެ 24 ވަނަ ދުވަހު އެއްކޮށް އުވާލާނެ ކަމަށާއި އެކަން އެގޮތަށް ކުރަނީ އަންހެނުން ބާރުވެރިކުރުވުމަށް ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ހާއްސަ ޕްރެކްޓިކަލް ޓެސްޓެއް ހެދުމަށް ފަހު އަންހެނުންނަށް ލައިސަންސް ދޫކުރެވޭއިރު ލައިސަންސް ލިބޭ އަންހެނުންނަކީ އެއްގަމު އުޅަނދު ދުށްވުމުގެ ހުނަރު ރަނގަޅަށް ލިބިގެން ލައިސަންސް ލިބޭނެ ފަރާތެއް ކަމަށް ސައުދީގެ ސަރުކާރުން ވިދާޅުވެއެވެ. އަދި އަންހެނުންނަށް ލައިސަންސް ދިނުމަކީ އެކަމުގެ ސަބަބުން އެގައުމުގެ އިޤްތިސާދަށް ވެސް ފައިދާ ކުރާނެ ކަމެއް ކަމަށް ސައުދީއިން ވިދާޅުވެއެވެ.

ސައުދީ އަރަބިއްޔާގައި އަންހެނުންނަށް އެއްގަމު އުޅަނދު ދުށްވުމުގެ ލައިސަންސް ދޭން ފަށާފައިވާއިރު މީގެ ކުރިން އެގަމަކީ އަންހެނުންނަށް ޑްރައިވިންގް ލައިސަންސް ދިނުން މަނާކޮށްފައިވާ ނުވަތަ އަންހެނުން އެއްގަމު އުޅަނދު ދުށްވުން މަނާކޮށްފައިވާ ހަމަ އެކަނި ގައުމެވެ.

ކިޔުންތެރިންގެ ހިޔާލު