ކޮވިޑް-19 އިން ރައްކާތެރިވުމަށް އިންޑިއާގައި އުފައްދާފައިވާ ވެކްސިންގެ 200,000 ޑޯޒު، ޔުނައިޓެޑް ނޭޝަންސް (ޔޫއެން)ގެ ސުލްހަ ބަލަހައްޓާ ފައުޖުތަކަށް ހަދިޔާ ކުރުމަށް އެ ގައުމުން ނިންމައިފިއެވެ.

ޔޫއެންއަށް އެގައުމުގެ ވެކްސިން ހަދިޔާ ކުރުމަށް ނިންމާފައިވާކަން އިއުލާނު ކޮށްފައިވަނީ އިންޑިއާއިން ޔޫއެން އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީ ޓިރުމުރްތީގެ ނަން ހިމަނުއްވައި އެގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު ކުރެއްވި ޓުވިޓެއްގައެވެ.

ޖައިޝަންކަރު ކުރެއްވި ޓުވިޓުގައި ބުނެފައިވަނީ ޔޫއެންއިން މަސައްކަތް ކުރައްވަމުން ގެންދަވަނީ ނާޒުކު ހާލަތެއްގައި ކަމަށާއި އެހެން ކަމުން އެ ޖަމްއިއްޔާއަށް ވެކްސިންގެ 200,000 ޑޯޒު ދޭން ނިންމާފައިވާ ކަމަށެވެ. އަދި އެގައުމުގެ ރައީސް ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތް ފާހަގަ ކޮށް އެއީ ކޮވިޑް-19ގެ ހާލަތުން އެގައު އަރައިގަންނާނެ ވަގުތު ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

"ނާޒުކު ހާލަތުގައި މަސައްކަތް ކުރަމުން އަންނަ ސުލްހައަށް މަސައްކަތް ކުރާ ޖަމްއިއްޔާ ޔުނައިޓެޑް ނޭޝަންސްއަށް ހަދިޔާއެއްގެ ގޮތުން 200,000 ވެކްސިޒް ޑޯޒު ދިނުމަށް ނިންމައިފިން" ޖައިޝަންކަރު ބުންޏެވެ.

ޔޫއެންއަށް ވެކްސިންގެ 200,000 ޑޯޒު ދޭން ނިންމި ނަމަވެސް ވެކްސިން އެ ޖަމްއިއްޔާއާއި ހަމައަށް ފޯރުކޮށްދެވޭނެ ވަކި ތާރީއެއް ޖައިޝަންކަރު ހާމަ ކޮށްފައެއް ނުވެއެވެ.

އޭނާ އިތުރަށް ބުނީ، އެގައުމުގެ ސަރުކާރާއި، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއާއި ގުޅިގެން ވެކްސިންގެ ކަންކަން ކުރަމުން އަންނަ ކަމަށާއި އެކަމުގެ ހެއްކެއްގެ ގޮތުން އެގައުމުގެ އެހީތެރިކަމާއި އެކީ ސާކް ކޮވިޑް-19 އެމަޖެންސީ ފަންޑަށްވެސް ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.