ރަޝިއާ އިން ކޮވިޑް-19 އާ ދެކޮޅަށް ތިން ވަނަ ވެކްސިނެއް އުފައްދާކަން އިިއުލާންކޮށްފިިއެވެ.

ރަޝިއާއަކީ މި ވައިރަހާ ދެެކޮޅަށް މިހާ ގިނަ ވެކްސިން އުފައްދާ ފުރަތަމަ ގައުމެވެެ. އެ ގައުމުން ފުރަތަމަ މިި ވައިރަހާ ދެކޮޅަށް ވެކްސިނެެއް އުފައްދާފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

ރަޝިއާގެ ދައުލަތުގެ މީޑިއާ އަށް މިިއަދު ދެއްވި ބަސްތީގަތުމެއްގައި އެެ ގައުމުގެެ ބޮޑުވަޒީރު މައިކަލް މިޝުސްޓިން ވިދާޅުވީ، ކޮވިޑް-19 އާއި ދެެކޮޅަށް އިތުރު ވެެކްސިނެއް އުފެއްދުމުގެ ހުއްދަ ދީފައިވާކަމަށެވެ. އަދި މިވެކްސިިނަށް ދީފައިވާ ނަމަކީ "ކޮވިވެެކް" ކަމަށާއި ވެކްސިން އުފައްދާނީ ޗުމަކޮވް ސެންޓަރުގައި ކަމަށް ވިދާޅުވިއެވެ.

ކޮވިޑާ ދެެކޮޅަށް ވެެކްސިިނެއް އުފެއްދުމުގެެ މަސައްކަތް ފަށާފައިިވާ އިރު އެެ ގައުމުން މިިހާތަނަށް ވަނީ އިތުރު ދެެެ ވެެކްސިނެއް އުފައްދައިފައެވެ. މީގެެ ތެރެއިން ފުރަތަމަ އުފައްދާފައި ވަނީ މިދިޔަ ސެޕްޓެެމްބަރު މަހު ހުއްދަ ދިން "ސްޕަޓްނިކް ވީ" ވެކްސިނެވެ. މި ވެކްސިން އުފެއްދީ މޮސްކޯގެެ ގެމަލެޔާ އިންސްޓިޓިއުޓުންނެެެވެ. މިނަމަކީ ސޯވިއެޓް ޔޫނިއަންގެ ޒަމާނުގައި ސޯވިއެޓް ޔޫނިއަނުން ދުނިޔޭގައި ފުރަތަމަ ސެޓްލައިޓް ޖައްވަށް ފޮނުވިއިރު އެ ސެޓްލައިޓަށް ދިން ނަމާއި ގުޅުވައިގެން ކިޔާފައިވާ ނަމެކެވެ.

މި ވެެކްސިނަކީ 91 އިންސައްތަ އަސަރު ކުރާ ވެެކްސިނެެއް ކަމަށް ވަނީ ނިންމައިފައެވެ. ހަމައެެކަނި އެ ވެެކްސިން ވަނީ އެ ގައުމުގެެ ދެ މިލިއަނަށްވުރެ ގިނަ މީހުންނަށް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އާދަމުގެދަރި

    ވެކްސިން އުފެއްދުމުގައި އެންމެ ތަޖުރިބާކާރު ގައުމަކީ ރަޝިޔާ. ވެކްސިން އުފެއްދުމުގެ އެންމެ ތަޖުރިބާކާރުން ގިނަ ތަނަކީވެސް ރަޝިޔާ. ރަޝިޔާގެ ވެކްސިނަކީ އެންމެ އިތުބާރު ވެކްސިން. ރަޝިޔާއާ ޖަރާސީމުގެ ދާއިރާގައި ވާދަކުރެވޭ ފެންވަރުގެ ގައުމެއް ނެތޭ ބުނުމަކީވެސް ދޮގަކަށް ނުވާނެ.

    3
    1