އިންޑިޔާގެ އުއްތަރަ ޕުރަދޭޝްގައި މީހަކަށް ލޯނެއް ދިނުމަށްފަހު އެލޯނު އަބުރާ ދިނުމުން އެމީހާގެ ދޫ ބުރިކޮށްލައިފިއެވެ.

އިންޑިޔާގެ ނޫސްތަކުން ރިޕޯޓް ކުރާ ގޮތުގައި މިމީހާގެ ދޫ ބުރިކޮށްލާފައިވަނީ ލޯނު ނުދައްކާތީ ގިނަ ދުވަސްވުމުގެ ސަބަބުން އެގެޔަށް ގޮސް ލޯނު ދައްކަން އެދުމުންނެވެ.

ލޯނުދިން މީހާ ކިޔާ ދިން ގޮތުގައި އޭނާގެ އަތުން އަދާ ކުރާނެ ކަމަށް ބުނެ 30،000 ރުޕީސްގެ ލޯނެއް ނެގުމަށްފަހު ނުދައްކާ ގިނަ ދުވަސް ވުމުން ލޯނު އަދާ ކުރުމަށް ހަނދާންކޮށް ދިނުމަށް އެގެޔަށް ދިއުމުން، ދޫ ބުރިކޮށްލީ އެގޭ މީހުން އެކުވެގެން ކަމަށެވެ.

ފުލުހުން ފުރަތަމަ ކުރި ތަޙްޤީޤުގައި ލޯނު ދިން މީހާގެ މައްޗަށްވަނީ ކޭސް އެއްކޮށްފައެވެ. އެއީ މީހެއްގެ ގެޔަށް ހުއްދަނެތި ވަދެއް މާާރާމާލީ ހިންގާ ފުލުހުންގެ ތަޙްޤީޤަށް އެއްބާރުލުން ނުދީ ފިލި މައްސަލައެވެ. ނަމަވެސް ފަހުގެ ތަޙްޤީޤުތަކަށް މީހާ ފިލީ ނޫންކަމަށާއި އަދި ދިޔައީ ބޭސްފަރުވާ ކުރަން ކަމަށްވަނީ ހާމަވެފައެވެ.

ކިޔުންތެރިންގެ ހިޔާލު