ސިފައިންގެ ތަމްރީނުތަކުގައި ތަފާތު ވައްތަރުތަކުގެ ޖަނަވާރުތައް ކާ ނަމަ އިތުރު ވައިރަހެއް އުފެދިދާނެ ކަމަށް ޖަނަވާރުންގެ ހައްގުގައި މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމުގައިވާ ޕީޓާ އިން ބުނެފިއެވެ
ޕީޓާ އިން މިފަދަ ގޮތަކަށް ބުނެފައިވާ އިރު ދުނިޔޭގެ އެކިކަންކޮޅު ތަކުގައި ސިފައިންގެ ތަމްރީންތަކުގެ ތެރެއިން ހޯނާއި ނަގުލަންދާއްޓާއި ބޮނޑުގެ އިތުރުން ހަރުފަ ފަދަ ޖަނަވާރުތައް ކައި ހަދައެވެ.
މިގޮތަށް ޖަނަވާރުތަށް އެންމެ ގިނައިން ކައި ހަދަނީ ކޮންމެ އަހަރަކުވެސް ތައިލެންޑްގައި އޮންނަ "ކޯބްރާ ޖޮއިންޓް މިލިޓަރީ އެކްސަސައިޒް" ގައެވެ. މި އެކްސަސައިޒް ގައި އެމެރިކާގެ އިތުރުން އެތައް ގައުމުތަކެއް ބައިވެރި ވާއިރު ޕީޓާ އިން ވަނީ އިތުރު ވައިރަސް އެއް ފެތުރިދާނެތީ މިކަން ހުއްޓާލަަން ގޮވާލައިފައެވެ.
މި ޓްރެއިނިންގް އެކްސަސައިޒްގެ ތެރެއިން ޖަނަވާރުތަށް މިގޮތަށް ކައި، އޭގެ ލޭ ބުއިމުގެ ސަބަބުން ކޮވިޑް19 ފަދަ އިތުރު ވައިރަސް އެއް ފެތުރި ސިފައިން ބޮޑު ނުރައްކަލަކަށް ހުށައެޅޭކަމަށް ޕީޓާ އިން ނެރުނު ބަޔާނެއްގައި ވެއެވެ.
މި ފަދަ އެކްސަސައިޒް ތަކުގައި އެމެރިކާގެ ސިފައިން ކޯބްރާ ހަރުފައިގެ ލޭ ބޯ މަންޒަރުތަށް ދައްކުވައިދޭ ވީޑިއޯތައް މީސް މީޑިއާގައި ވަރަށް ގިނައިން ދައުރު ވާކަން ފާހަގަ ކޮށްލެވެއެވެ.
ކޮވިޑް-19 ފަދަ ވައިރަހެއް އުފެދިދާނެ ކަމުގެ ބިރު އޮތުމާއިއެކު، ޖަނަވާރުތައް މެރުމާއި ކެއުން މިހާރުން މިހާރަށް ހުއްޓާލުމަށް ޕީޓާ އިން ބުނަމުން ދެއެވެ.
މަށޭ ކިޔައިގެން ކޯޗެކޭ ލިޔާކަށް؟
ހަސަންދީ އޭ ލިޔެބަލަ
ވައިރަހެއް ނުއެެއް އުފެދޭނެ.. އެކަމަކު އައު ވައިރަހެއް ފެތުރެންފަށާފާނެ.
ތިކަހަލަ މުޅަތަކެތި ކާތީއޭ ތިޔަ ބުނާ ގައުމުތަކުގެ ސިފައިންވެސް ޖަނަވާރުތަކެއްހެން ރަހުމް ކުޑަ އަމަލުތައް ހިންގަނީ.