އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކު އަމިއްލައަށް މަރުވެއްޖެއެވެ.

އިންޑިއާގެ ފުލުހުން ބުނެފައިވަނީ އުމުރުން 58 އަހަރުގެ މޯހަން ޑެލްކާ މީހާއަކީ ދެ ކުދިންގެ ބައްޕައެއް ކަމަށާއި އޭނާ މަރުވެފައި އޮއްވާ ފެނިފައިވަނީ އެގައުމުގެ ސިޓީއެއް ކަމަށްވާ މުމްބާއީގެ މެރީން ޑްރައިވްގައި ހުންނަ ހޮޓެލެއްގެ ތެރެއިން ކަމަށެވެ.

މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މޯހަން މުމްބާއީއަށް ގޮސްފައިވަނީ އޭނާ ކުރަމުން އަންނަ މަސައްކަތުގެ ބޭނުމެއްގައެވެ.

ފުލުހުން ބުނީ، މިހާރު ތަހުގީގު ގޮސްފައިވާ ހިސާބަށް ބަލާއިރު އޭނާ މަރުވެފައިވަނީ އަމިއްލައަށް ކަމަށް ބެލެވޭ ކަމަށެވެ. އެގޮތަށް ފުލުހުން ބުނެފައިވަނީ އޭނާ ފެނުނު ކޮޓަރި ތެރެއިން އެފަދަ ލިޔުމެއް ފެނިފައިވާތީއެވެ.

އެހެން ނަމަވެސް އޭނާގެ މަރުވި ގޮތް ކަށަވަރު ކުރެވޭނީ ޕޯސްޓްމޯޓަމްއަށް ފަހު ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން މިހާރު އެގައުމުގެ ޖޭޖޭ ހޮސްޕިޓަލަށް ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވާފައިވާ ކަމަށާއި މިކަމއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

މޯހަން އަކީ މިދިޔަ އަހަރު އެގައުމުގެ ޕާޓީއެއް ކަމަށްވާ ޖޭޑީޔޫއާއި ގުޅިގެން އެ ޕާޓީގެ ފަރާތުން ޑަޑްރާ އަދި ނާގަރ ހަވެލީގެ ގޮނޑިއަށް ވާދަ ކުރަމުން އައި މެމްބަރެކެވެ. އޭނާ ޖޭޑީޔޫއާއި ގުޅިފައިވަނީ ބީޖޭޕީގެ ގޮނޑި ކާމިޔާބު ނުކުރެވެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޓުރޫ

    SAbahey

  2. Anonymous

    އަންނި އެކަހަލަ ކަމެއް ނުހިންގާތީ ދެރަވޭ އޭރުން މިގައުމު ސަލާމަތްވާނެއްނު

    5
    2