މުޅި ދުނިޔެއަށް ފެތުރިފައިވާ ކޮވިޑް-19ގެ ބަލިމަޑުކަން ފެނުނުތާ މިހާރު އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، ހުރިހާ އެންމެންވެސް ތިބީ މި ބަލިމަޑުކަމުން އަރައިގަނެވޭނެ ދުވަހަކަށް އިންތިޒާރުގައެވެ.

ބަލިމަޑުކަމުން އަރައިގަތުމަށް ޑޮކްޓަރުންނާއި ގުޅިގެން ސައިންސްވެރިން އަންނަނީ ބައްޔާއި ހަނގުރާމަ ކުރުމަށް ވެކްސިންތަކެއް އުފައްދަމުންނެވެ. އަދި މިހާތަނަށް ފަހަކަށްތުރެ ގިނަ ވެކްސިން އުފައްދައި ބައެއް ވެކްސިންތައް އަންނަނީ ބޭނުންވެސް ކުރަމުންނެވެ.

މިހާރު ހޯދިފައިވާ ހޯދުންތަކަށް ބަލާއިރު، ވެކްސިން ބޭނުން ކޮށްގެން މިއަހަރު ނިމެންވާއިރު، އަޅާފައިވާ ފިޔަވަޅުތަކަމަށް ލުއެއް ލިބި ހަމައަކަށް އެޅިގެންދާނެއެވެ. އެހެން ނަމަވެސް އެމެރިކާގެ ޖޯންސް ހޮޕްކިންސް ޔުނިވަސިޓީގެ ޑޮކްޓަރ މާޓީ މާކަރީ ވަނީ އޭގެ ކުރިން އެގައުމުގައި ބަލިމަޑުކަން ނިމިގެން ދާނެ ކަމަށް ބުނެފައެވެ.

އޭނާ އެގޮތަށް ބުނެފައިވަނީ ވަރަށް ގިނަ ތަފާސް ހިސާބުތައް ބަލާފައި ކަމަށް މީޑީއާ ރިޕޯޓްތަކުން ވަނީ ބުނެފައެވެ. އޭނާ ބުނީ މިވަގުތު ކޮވިޑް ވޭދަނަށް އަންނަނީ ދަށްވަމުން ކަމަށާއި އެހެން ކަމުން އާންމު ހާލަތަށް އޭޕްރިލް މަހުގެ ތެރޭގައި އާދެވޭނެ ކަމަށެވެ.

އޭނާ ބުނެފައިވާ ގޮތުގައި ޖެނުއަރީ މަހުގެ 8 ވަނަ ދުވަހުން ފެށިގެން އެގައުމުން ފައްސިވާ މީހުންގެ އަދަދު ދަށްވުމަކީ އެއީ އާންމު ހާލަތަށް ދެވިދާނެ ކަމުގެ ނިޝަނެކެވެ.

އޭނާ އެގޮތަށް ބުނި ނަމަވެސް އެމެރިކާގެ ވައިޓްހައުސްގެ ކޮވިޑް އެޑްވައިޒަރ އެންތަނީ ފައުޗީ ވަނީ އެކަމާއި ދެކޮޅު ހަދާފައެވެ. އޭނާ ބުނެފައިވަނީ އާންމު ހާލަތަށް ދެވޭ ވަރަށް އެގައުމުގެ މީހުންނަށް ވެކްސިން ދެވިފައި ނުވާ ކަމަށެވެ. ފައުޗީ ގަބޫލު ކުރާ ގޮތުގައި އެމެރިކާ އާއްމު ހާލަތަކަށް އަންނާނީ އަންނަ އަހަރުއެވެ.

ކިޔުންތެރިންގެ ހިޔާލު