ސައުދީ އަރަބިއާގެ މިލިޓަރީގައި މަސައްކަތް ކުރުމުގެ ފުރުސަތު ފުރަތަމަ ފަހަރަށް އަންހެނުންނަށް ދޭން ނިންްމައިފިއެވެ.

މީގެ ކުރިން ސައުދީ އަރަބިއާގައި އަންހެނުން މިލިޓަރީ، ނުވަތަ އާމީ އަދި މިސައިލް ފޯސް ފަދަ ތަންތަނުގައި މަސައްކަތް ކުރުން ވަނީ މަނާ ކޮއްފައެވެ. އެހެން ނަމަވެސް މިހާރު ވަނީ ސާޖެންޓް ރޭންކް އާއި ހިސާބަށް 40-21 އަހަރާއި ދެމެދުގެ އަންހެނުންނަށް މަސައްކަތް ކުރުމުގެ ހުއްދަ ދީފައެވެ. ހަމަ އެއާއި އެކު، ސައުދީ ނޫން އެހެން ގައުމެއްގެ މީހަކާ ކައިވެނި ކޮއްގެން އުޅޭނަމަ އެފުރުސަތު ގެއްލެއެވެ.

ސައުދީގައި މިހާރު އަންހެނުންނަށް ފިހާރަތަކާއި، ކެފޭތައް އަދި އެހެން ސާވިސް އިންޑަސްޓްރީ ތަކުގައި މަސައްކަތް ކުރުމުގެ ހުއްދަ ވަނީ ދީފައެވެ. މިހާރު ސައުދީގެ ކަނބަލުންނަށް އެއްގަމު އުޅަނދުތަށް ދުއްވައި، މަސައްކަތް ކުރެވި، މިނިވަންކަމާއި އެކު ދަތުރުކުރެވޭނެއެވެ.

ދެހާސް އަށާރަ ވަނަ އަހަރު، އަންހެނުންނަށް ޑްރައިވިންގް ލައިސަންސް ލިބެން ޖެހޭނެ ކަމަށް ބުނެ އަޑުއުފުލި ސައުދީގެ އަންހެނަކު ހައްޔަރު ކުރިއެވެ. އެ މައްސަލާގައި ހައްޔަރު ކޮއްފައި ވަނީ އަންހެނުންގެ ހައްގުތައް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ސައުދީގެ ރައްޔިތެއް ކަމަށްވާ ލުޖެއިން އަލް ހަތްލޫލް އެވެ.

މިލިޓަރީ އިން އަންހެނުންނަށް ފުރުސަތު ދިނުމުގެ މަޝްވަރާތައް ފުރަތަމަ ކުރިޔަށް ގެންގޮސްފައި ވަނީ 2019 ވަނަ އަހަރުގައެވެ. ހަމަ އެ އަހަރުތެރޭގައި އަންހެނުންނަށް މަހުރަމަކާއި ނުލާ ގައުމުން ބޭރަށް ދެވޭނެ ގޮތަށް ހަމަޖެހުނެވެ.

މިނިސްޓަރ އޮފް ޖަސްޓިސް އިންޓަވިއު އެއްގައި ވިދާޅުވެފައި ވަނީ ސައުދީގައި އަންހެނުންނަށް ކޯޓު ތަކުގައި ގާޒީކަން ކުރުމުގެ ފުރުސަތު ދޭން މަޝްވަރާ ކުރެވެމުން ދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޅަބޭ

    ދެން އަވަހައް ތިކަމާބެހޭގޮތުން ރާއްޖޭގަ އުޅޭ ދީނީ ރޯނުއެދުރުންގެ ވައްހާބީ މަޖިލިހުން ސައުދީއައް ސިޓީއެއް ފޮނުވަންވީނު..

    7
    15
    • ޜަޟީ

      ދޯ ގަ މާރު ގުރޫ÷ްޕް

      2
      4