ޖަޕާނުގައި އަމިއްލައަށް މަރުވާ މީހުންގެ އަދަދު އިތުރުވެފައި ވާތީ ގައުމުގެ ބޮޑުވަޒީރު 'މިނިސްޓަރ އޮފް ލޯންލިނެސް'ގެ ނަމުގައި ކެބިނެޓަށް މިނިސްޓަރެއް އިތުރު ކޮށްފިއެވެ.

'މިނިސްޓަރ އޮފް ލޯންލިނެސް' އަކީ ޓެޓްސުޝީ ސަކަމޮޓޯ ނަމަކަށް ކިޔާ މީހެކެވެ. ސަކަމޮޓޯ މަސައްކަތް ކުރާނީ މީހުން އަމިއްލައަށް މަރުވުމުގެ ހިޔާލު ތަކާއި ދުރުވުމަށް ސަރުކާރުގެ ފަރާތުން ކުރެވެން ހުރި ކަންތައްތައް ކުރުމަށެވެ.

ޖަޕާނު ފުލުހުންގެ ހިސާބުތަކުން ދައްކާ ގޮތުން 20،919 މީހުން 2020 ވަނަ އަހަރު އަމިއްލައަށް މަރުވެފައި ވެއެވެ. މިއީ ވޭތުވެދިޔަ 11 އަހަރު ތެރޭގައި އަމިއްލައަށް މަރުވާ މީހުންގެ އަދަދު އިތުރުވި ފުރަތަމަ ފަހަރެވެ. ފާހަގަ ކުރެވޭ ގޮތުގައި އަމިއްލައަށް މަރުވެފައިވާ މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ޒުވާނުންނެވެ.

2020 ވަނަ އަހަރު އޮކްޓޯބަރ މަހު 879 އަންހެނުން ޖަޕާނުގައި އަމިއްލައަށް މަރުވެފައި ވެއެވެ. 2019 ވަަނަ އަހަރުގެ އޮކްޓޯބަރ މަހާއި އަޅާ ބަލާއިރު 2020 ގައި އަމިއްލައަށް މަރުވެފައިވާ މީހުން %70 އިތުރުވެފައި ވެއެވެ.

ޖަޕާނުގެ %16 ދުވަސްވީ މީހުންނަކީ އެކަނިވެރިކޮށް ދިރިއުޅެމުން އަންނަ ބަޔެކެވެ. އެމީހުން ބުނާ ގޮތުން ނަމަ އެހީތެރި ކަމެއް ފޯރު ކޮއްދޭނެ މީހަކުވެސް ނުހުރެއެވެ. ޖަޕާނުގައި އަމިއްލައަށް މަރުވި މީހުން ގިނަ ވުމުގެ ސަބަބެއްކަމުގައި ބެލެވެނީ ކޮރޯނާ ވައިރަސް ޕެންޑެމިކް ތެރޭގައި ލޯބިވާ މީހުންނާ ބައްދަލު ކުރުން މަނާވުމާއިއެކު، ގޭގައި ތިބެ އެތައް ބަޔަކު ޑިޕްރެސް ވުމެވެ.

"ޖަޕާނުގައި އެކަނި އުޅޭ އަންހެނުން ގިނަ އަދި ގިނައީ ދާއިމީ ވަޒީފާއެއް ނެތި އުޅޭ މީހުން" ޖަޕާނުގެ ޕްރޮފެސަރެއް ކަމަށްވާމިޗިކޯ އުއެޑާ ބުނެފައި ވެއެވެ.

ޕެންޑެމިކްގެ ސަބަބުން ދުނިޔޭގެ އެކި ހިސާބުތަކަށް ބެލިޔަސް އެކަނިވެރިކަން ތަހައްމަލް ކުރަމުންދާ މީހުންނާއި އަމިއްލައަށް މަރުވާ މީހުން ގިނައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރަދީފް އޮފިޝިއަލް

    ތި މީހާވެސް މަރުވާނީ އަމިއްލައަށް ކަންނޭންގެ.

  2. ޝިޔާމް

    މިކަމުންވެސް އެނގިގެންދަނީ މާއްދީ ގޮތުން ކުރިއަށް އަރައިގެން ދިޔަޔަސް ރޫހާނީ ބައި މަދުވަންޏާ އެކަމުން ކުރާނެ ފައިދާއެއް ނެތްކަން. ﷲ ސުބްޙަނަހޫ ވަތަޢާލާގެ ވަހީ ބަސްފުޅުގައިވާ ފަދައިން "ހިތްތަކަށް ހަމަ ޖެހުން ލިބެނީ ހިތްތަކުގެ ވެރި އިލާހު ހަނދުމަކުރުމުން ނޫން ހެއްޔެވެ."

    10