މުޅި ދުނިޔެއަށް ފެތުރިފައިވާ ކޮވިޑް-19 ނުފެންނަ ހަމަ އެކަނި ތަނަކީ ދެ ހަރަމްފުޅު ކަމަށް މައްކާގެ ހަރަމްފުޅުގެ އިސް އިމާމު އަދި ދެ ހަރަމްފުޅު ބަލަހައްޓާ އިދާރާގެ ރައީސް ޝަައިހް އަބްދުއްރަހްމާން އަލް ސުދައިސް ވިދާޅުވެއްޖެއެވެ.
ސުދައިސް މިހެން ވިދާޅުވެފައިވަނީ އިއްޔެ ކުރިއަށް ގެންދިޔަ އޮންލައިން ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. އިއްޔެ ކުރިއަށް ގެންދިޔަ އެ ބައްދަލުވުމަކީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ސައުދީއިން އަޅަމުން އަންނަ ފިޔަވަޅުތަކާއި ބެހޭގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމުކެވެ.
ސުދައިސް ވިދާޅުވީ، ކޮވިޑް-19 އެހެން ގައުމުތަކުގައި ފެތުރެން ފެށުމާއި އެކު ސައުދީ އަރަބިއްޔާއިން ފިޔަވަޅުތައް އެޅުމުގެ ނަތީޖާ މިއަދު ފެނިގެން އަންނަ ކަމަށާއި އެ ގައުމުން އެކަން ކޮށްފައިވަނީ ޕްރޮފެޝަނަލް ކޮށް ކަމަށެވެ.
"ސައުދީ އަރަބިއްޔާއިން އެޅި ފިޔަވަޅުތަކުން އެނގިގެން ދަނީ އެ ގައުމަކީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އެފަދަ ފިޔަވަޅު އެޅި ނަމޫނާ ގައުމެއްގެ ގޮތުގައި. އަދި އެކަންކަން ބަލަހައްޓަން އެނގޭ ގައުމެއްކަން" ސުދައިސް ވިދާޅުވިއެވެ.
ސުދައިސް ވިދާޅުވީ، މިހާތަނަށް ބަލި ނުފެންނަ ހަމަ އެކަނި ދެތަނަކީ މަސްޖިދުލްހަރާމް އަދި މަސްޖިދުއްނަބަވީ ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް މިބަލިބަޑުކަން ދެހަރަމުން ނުފެނުން އެދި ދުއާ ކުރާކަމަށެވެ.
ކޮވިޑް-19 ފެތުރެން ފެށުމާއި އެކީ ސައުދީން ވަނީ ބަލިން ރައްކާތެރިވުމުގެ ގޮތުން ގިން ފިޔަވަޅުތަކެއް އަޅާފައެވެ. އޭގެ ތެރޭގައި އުމްރާ އަށާއި ހައްޖަށް މީހުން ގެންދިއުން ވަގުތީ ގޮތުން ހުއްޓައި ބޯޑަރުތައް ވަނީ ބަންދުވެސް ކޮށްފައެވެ. ނަމަވެސް މިހާރު ދެހަރަމް ހުޅުވާލައި އުމްރާ ކުރުމުގެ ފުރުސަތު ވެސް އަންނަނީ ދެމުންނެވެ.
ސައުދީން ދެހަރަމް ހުޅުވާލީ ވަރަށް ވަރުގަދަ ފިޔަވަޅުތަކާއިއެކުގައެވެ. ދެހަރަމްގައި ވެސް މިހާރު ނަމާދު ކުރެވެނީ ގައިދުރުކަން ބަހައްޓައިގެންނެވެ.
ސޫރަތުއް ތީން ގެ 3 ވަނަ އާޔަތް ބައްލަވާ ، ކީރިތި ޤުރުއާނުގެ މަތިވެރިކަމާއި ﷲގެ ވަޢުދުފުޅުގެ ތެދުކަން ޔަޤީންކުރައްވާ!
މިރާއްޖޭގެ އެއްވެސް މިސްކިތަކުން ކޮވިޑެއް ނުފެނޭ.
ދިވެހިރާއްޖޭގަވެސް މީހުންދިރިއުޅޭ ވަރަށްގިނަރަށްރަށާއި ގިނައަދަދެއްގެ ފަޅުރަށްރަށާއި ރެސޯޓުތައްވެސް ތިޔަލިސްޓުގަހިމަނަން ފެނޭ ..
މިއީ މިސްކިތަށް ގޮސް ގެން ޖެހިދާނެތީ ނުއުޅެވޭ ވަރުގެ ކަމެއްނޫ. އިންޝާ ﷲ
ސުދާއިސް ބުނިޔަސް ތިޔައީ ދޮގެއް. ސެނެސްޓަލް އައިލެންޑްސް އިން ވެސް ކޮވިޑް ފެނިފަިއި ނެތް، އަދި އިންޑިއާގެ ލަކްޝަޑީޕް އިންވެސް ކޮވިޑް ފެނިފައި ނެތް. މިއީ މީހުން ދިރިއުޅޭ އާބާދު ވެފައިވާތަންތަން. ވަކިތަނަކުން ކޮވިޑް ނުފެނުމަކީ މުޢުޖިޒާތެއްނޫން އަދި އެންމެ ބޮޑު މުޢުޖިޒާތަކީ ޤުރުއާން.
ދުނިޔޭގަ 15 ގައުމެއް އެބައޮތް މިހާތަނަށް ކޮވިޑު އެއްގޮތަކަށްވެސް ނާރާ
އަހަރެމެން ވޯކުޝޮޕުންވެސް އަދި މިހާތަނަށް ކޮވިޑު ފެވިފައެއްނެތް