އިދިކޮޅު ފަރާތްތަކުން އަންނަ ހުކުރު ދުވަހު މާލޭގައި ބޮޑު މުޒާހަރާއެއް ބާއްވާނެކަން އިއުލާން ކޮށްފައި ވަނިކޮށް ފުލުހުން މިރޭ މާލޭގައި ހާއްސަ ތަމްރީންތަކެއް ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސޯޝަލް ސެންޓަރު ކައިރީގަ އާއި މަސްވެރިންގެ ޕާކް ކައިރީ އަދި ކާނިވާ ސަރަހައްދުގައި ވެސް ފުލުހުން ތަމްރީންތައް ކުރިއަށް އެބަގެންދެއެވެ. މަންޒަރުދުއް މީހުން މައުލޫމާތުދޭ ގޮތުގައި ފުލުހުން ކުރިއަށް ގެންދަނީ މުޒާހަރާތައް ރޫޅާލުމާއި މުޒާހަރާތައް ހުއްޓުވުމުގައި ހަރަކާތްތެރިވާނެ ގޮތުގެ ތަމްރީން ތަކެކެވެެ.

މުޒާހަރާއަކަށް އިދިކޮޅު ފަރާތްތަކުން ތައްޔާރުވާން ފެށުމުން ފުލުހުން ހާއްސަ ތަމްރީންތަކެއް ހަދަމުން ދާއިރު ފުލުހުން މިދިޔަ ހުކުރު ދުވަހު ވަނީ މުޒާހަރާގެ ބައިވެރިންނަށް ވަރުގަދަ އިންޒާރެއް ވެސް ދީފައެވެ. މުޒާހަރާ ކުރަމުން ގެންދާ މީހުންގެ މައްޗަށް ޤާނޫނުލް އުޢޫބާތުގެ 510 ވަނަ މާއްދާގެ ދަށުން ދައުލަތުގެ ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ކުށުގެ ތުހުމަތުކޮށް ދައުވާ ކުރާނެ ކަމުގެ އިންޒާރު ފުލުހުން އެދުވަހު ވަނީ ދީފައެވެ.

މުޒާހަރާގެ ކުރިން ފުލުހުން ތަމްރީންތަކެއް ކުރިއަށް މިގެންދަނީ ފަހަކަށް އައިސް މުޒާހަރާތައް ރޫޅާލުމުގައި ފުލުހުން އާދަޔާއި ހިލާފަށް ބާރުގެ ބޭނުން ކުރަމުން އަންނަ ކަމަށް ބުނެ ފާޑުކިޔުން ވެސް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

ފުލުހުން ކުއްލިއަކަށް ފެށި ތަމްރީންތަކާއި ގުޅޭ ގޮތުން އަދި ފުލުހުންގެ ބަހެއް ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. Anonymous

    ހހަމީދުއަށް ލޮލުފިޔަވެސް ނުޖެ ހޭނެ

    22
  2. މުއިޒް

    ސާބަ ހޭ ދަރިންނޭ!

    3
    12
  3. ބަގުޑިބެއްްދުން

    ކަލޯ އެނެމެން ޖަލަށްލައިގެންވެސް ވެރިކަން ކުރަންތޯ ބޭނުންވަނީ..އިބުރާ ބުނިހެން އެންމެން ލާނެ ޖަލެއް އެބަހުރިތޯ؟

    28
  4. ކޮބާކަލޭ

    ރައްޔިތުންވެސް ހުކުރުދުވަހުގެ މުޒާހަރާއައް ޓްރޭނިން ހަދަމުންދަނީ!!

    30
  5. ރައްޔިތުމީހާ

    ކަލޭމެން ހިތުން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް ކުރިކަމެއް. ތިކަހަލަ ކިތަންމެ ސަކަރާތެއް ކަލޭމެން ޖެއްސިޔަސް ރައްޔިތުންގެ ނުކުންނާނެ. މިތިބީ އަގަޔާއި އަތާ ދިމާނުވެ ބިކަވެފަ ކަލޭމެން ވައްކްންކޮށް ރައްޔިތުންގެ ބައިތުލްމާލު ވަގަށް ހުސްކޮއްލައި ރާއްޖޭގައި 800 އަހަރު އޮތް އިސްލާމް ދީނުގެ ބަދަލުގައި ތަފަތު އެކި ދީންތަކަށާއި އެއްޖިންސުގެ ގުޅުން ހިންގުމަށް މި ފަސްގަޑަކުން ޖާހަ ނުދޭން މާދަމާ ނުކުންނާނަން.

    31
    4
  6. ބޯހަލާކު

    ތިވެސް ހަބަރެއް ދޯ

    10
    2
  7. ހާދީ

    ނުކިޔަވާ ޞޯލިޙް ކިތަންމެ ބިރެއްގަތަސް ވަގުތު ޖެހުނީމާ ވެއްޓޭނެ! މިއީ ތިންލައްކަ ރައްޔިތުންގެ އަބަދުގެ ދުޢާ! ހުކުރުދުވަހު މި ބާއްވަނީ ސްޕެސިމެންއެއް!

    28
    1
  8. ޔާމީނު

    ޓިނު އައްދުރޭ މިހާރު އޮންނާނީ ބިރުން ރަޖާލާގެން.

    3
    34
  9. ޢަހު

    ކޮބާ ވޯޓްވަގު ރިޔާސީ އިންތިޚާބެއް ވަގަށް ނެގި މީހުންނަށްވެސް ދައުވާ ކުރަންޖެހޭނެ މިގައުމުގަ ވަގު ވެރިކަމެއް ކުރާ ފުރަތަމަ ފަހަރު މީ

    22
    1
  10. ދަރަނި ދަންތުރަ

    ފުލުހުންދެކެ އައްނި ދެކެ އިބޫދެކެ ބިރެއްނުގަނޭ މުޒާހިރާ ކުރާނަން މިކަންދަސްކޮށްދިނީ ރީނދޫ ގުރޫޕުން ، އަހަރެމެން ހަމައެކަނި ބިރުވެތިވަނީ ﷲ އަށް

    21
  11. ހަންދަރު

    ކިތަންމެ ބިރެއްގަތަސް ފުލެޓް ވަގުން އިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ ވެއްޓޭނެ