ކޮވިޑް-19 އަށް އެކި ކަހަލަ ވެކްސިންތައް ތައްޔާރުކޮށް އެ ވެެކްސިންތައް ޖެހުމުގެ މަސައްކަތް ކުރަމުންދާ އިރު އިންޖެކްޝަން ފަދަ ކަށި ހުންނަ އެއްޗިއްސަށް ބިރު ގަންނަ މީހުންނަށް ވެކްސިން ޖެހުން ވެފައި ވަނީ ވަރަށް ދަތި އުނދަގޫ ކަމަކަށެވެ.

އިނގިރޭސި ވިލާތުގައި މިކަމަށް ހައްލު ހޯދުމަށް ކުރިމަގުގައި ސިރިންޖް މެދުވެރިކޮށް ވެކްސިން ދިނުމުގެ ބަދަލުގައި ބޭސް ގުޅައެއް މެދުވެރިކޮށް ވެކްސިން ދެވޭތޯ ވަނީ މަސައްކަތް ފަށައިފައެވެ.

އެ މަސައްކަތް ފެށީ އޮކްސްފޯޑް ޔުނިވަސިޓީގައެވެ.

ޕްރޮފެސަރު ސާރާ ގިލްބާޓް ވަނީ އިންޖެކްޝަން ނޫން ގޮތަކަށް ވެކްސިން ދޭން މަގުފަހިކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައެވެ. އެގޮތަށް ވެކްސިން ދިނުމުން ރަނގަޅަށް ވެކްސިންގެ އަސަރު ކުރާކަން ޔަގީން ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޮކްސްފޯޑް ޔުނިވަސިޓީގެ ދިރާސާކުރާ ގްރޫޕުން ވަނީ ނޭސަލް ސްޕްްރޭގެ ޒަރިއްޔާ އިން ވެކްސިން ދެވޭނެ މަގު ހޯދުމަށް ވެސް މަސައްކަތް ފަށައިފައެވެ. މިއީ ކުޑަކުދިންނަށް ޕޯލިއޯ ވެކްސިން ދިނުމަށް ބޭސްގުޅަ ބޭނުން ކުރާ ފަދައިން، ކޮވިޑް-19 އަށް ވެސް އެފަދަ ވެކްސިން އެއް ހޯދުމަށް ކުރާ މަސައްކަތެކެވެ.

މިގޮތަށް ވެކްސިން ދޭން ފެށުމަކީ ވެކްސިން ބެލެހެއްޓުމަށް ފަސޭހަވެ ވެކްސިން ފޯރުކޮށްދިނުމުގެ މަރުހަލާއަށް ވެސް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމެއްކަން ފާހަގަކޮށްލެވެެއެވެ. ކޮވިޑް ވެކްސިން އިން އަސަރުކުރުވަން ބޭނުން ވަނީ ނޭވާލާ ނިޒާމަށް ކަމަށާއި، ބޭސް ގުޅައެއް މެދުވެރިކޮށް އެކަން ކުރެވިދާނެ ކަމަށް ވެސް ތަޖުރިބާކާރުން ގަބޫލު ކުރެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުނައްވަރު

    ކީކޭ ދެންބުނާނީ މިބާގަޑަށް ބޭނުންވާ ވަރަށް ލާރި ލިބުނީމަ ދެން ތިހިންވެސް ހަދާނެ