އެމެރިކާގެ ރައިސް ޖޯއި ބައިޑެން ކޮމިއުނިޓީ ހެލްތު ސެންޓަރުތަކަށާއި ފުޑް ބޭންކްތަކަށް 25 މިލިއަން މާސްކް ދޭން ނިންމައިފިއެވެ. މިއީ އެމެރިކާގެ ރައްޔިތުން މާސްކު އެޅުމަށް ބާރު އެޅުމުގެ ގޮތުން ނިންމި ނިންމުމެކެވެ.

ވައިޓް ހައުސްގެ ކޮވިޑް-19 ރެސްޕޮންސް ކޯޑިނޭޓަރު ޖެފް ޒިއެންޓް ބުނީ 1،300 އަށްވުރެ ގިނަ ހެލްތް ސެންޓަރާއި 60،000 ފުޑް ބެންކު ތަކަކަށް މާސްކު ދިނުމަށް ވަނީ ނިންމާފައިވާ ކަމަށެވެ. މާސްކްތައް ލިބެން ހުންނާނީ މާޗް މަހުން ފެށިގެން މެއި މަހުގެ ނިޔަލަށެވެ.

ވައިޓް ހައުސް އިން ބުނީ 12 މިލިއަނާއި 15 މިލިއަނާ ދޭތެރޭގެ އެމެރިކާ ރައްޔިތުންނަށް މިކަމުން ފައިދާ ވާނެ ކަމަށެވެ.

މިއީ އެމެރިކާގައި އުފައްދާފައިވާ ދޮވެގެން ބޭނުން ކުރެވޭ ކަހަލަ މާސްކު ތަކެކެވެ.

"އެމެރިކާގެ ހުރިހާ ރައްޔިތުން އުޅެނީ އަބަދު މާސްކު އަޅައިގެނެއް ނޫން. ހުރިހާ އެންމެންނަކަށް މާސްކެއް ނުލިބޭ" ޒިއެންޓްސް ބުންޏެވެ.

ކޮރޯނާ ވައިރަހުން ރައްކާތެރިވުމުގެ ގޮތުން ކުރެވޭނެ ފަސޭހަ އަދި ފައިދާ ހުރި ކަމަކަށް އޮތީ މާސްކް އެޅުމުންނެވެ.

އެމެރިކާގެ ރައީސް ޖޯއީ ބައިޑެން ބުނެފައި ވަނީ އެމެރިކާގެ ކޮންމެ ރައްޔިތަކަށް މާސްކެއް ލިބޭނެ ކަމަށެވެ.

އެމެރިކާގެ ކޮންމެ ރައްޔިތަކަށް މާސްކެއް ދިނުމަށް ހެލްތު އޮފިސަރުން ހުށައެޅި ނަމަވެސް ޑޮނާލްޑް ޓްރަމްޕް އޭނާގެ ވެރިކަމުގައި އެކަމަށް އެއްބާރުލުން ނުދިނީއެވެ. ޓްރަމްޕް ވަނީ އެމެރިކާގައި މާސްކު އެޅުން މަޖުބޫރު ނުކޮށް މަސް ތަކެއް ވަންދެން ހުރެފައެވެ.

އެމެރިކާގައި މިހާރު ޕަބްލިކް ޓްރާންސްޕޯޓު ތަކުގައި އަދި އެއާޕޯޓުގައި މާސްކު އަޅަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކާފަބޭ2020

    މިޤައުމުގަވެސްމިއުޅެނީވެރިންނޯ! އެކިނަންނަމުގައިނަގަމުންދާ ލޯނުތަކުގެއިތުރަށް ޤައުމަކުންދޭއެހީގެއެތިކޮޅަށްވެސްވާނުވާނޭގޭ ބޮޑުއަގުދީފަގަންނަބޭސްކޮޅާ ނޭވާހޮޅިންވެސްވައްކަންކުރެވޭތޯ ބަލާ އެވައްކަންކުރިމީހުންދިފާއުކުރާވެރިން މީކޮންވައްތަރުގެ ވެރިންނެއްތޯ؟