ކޮވިޑް-19 ވެކްސިން ޖެހުމުގެ މަސައްކަތް އެންމެ ބާރަށް ކުރިއަށްދާ އެއްގައުމު ކަމަށްވާ އިންޑިއާގައި ކޮވިޑް ވެކްސިން ޖެހި އެގައުމުގެ ސިއްހީ ޚިދުމަތްތެރިއަކު "ޑްރާމާ ކުޅުމުން" އެކަމަށް ދުނިޔޭގެ ސަމާލުކަން ލިބިއްޖެއެވެ.

ސިއްހީ ޚިދުމަތްތެރިޔާ ވެކްސިން ޖެހި ވަގުތު ހަޅޭލަވަމުން ގެންދިޔައެވެ. އެމަންޒަރު ރޮއިޓާސްގެ ފޮޓޯ ގްރާފަރެއްގެ ފޮޓޯއަކުން ފެނެއެވެ. ރޮއިޓާސް އިން ވެސް ވަނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގުނު އެންމެ މުހިއްމު ފޮޓޯއަކީ އެއީ ކަމަށް ބުނެ އެފޮޓޯ އާއްމު ކޮށްފައެވެ. އެއާއިއެކު ވަރަށް ގިނަ ބަޔަކު ވަނީ ސިއްހީ ޚިދުމަތްތެރިޔާ "ކުޅުނީ ސަމާލުކަން ހޯދުމުގެ ޑްރާމާއެއް" ކަމަށް ބުނެ ފާޑުކިޔާފައެވެ.

އިންޑިއާ އިން މިހާތަނަށް ވނީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންނާއި ފުރަތަމަ ސަފުގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން 10.5 މިލިއަން މީހުންނަށް ވެކްސިން ދީފައެވެ. އިންޑިއާ އިން ކޮވިޑް ވެކްސިން ދޭން ފަށާފައި ވަނީ ޖަނަވަރީ 16 ވަނަ ދުވަހު އެވެ.

އޭގެތެރެއިން 1.2 މިލިއަން މީހުންނަށް ދީފައި ވަނީ އިންޑިއާ އިން އުފެއްދި ކޮވެކްސިން އެވެ. 9.4 މިލިއަން މީހުންނަށް ދީފައި ވަނީ ކޮވިޝީލްޑް ވެކްސިނެވެ.

އިންޑިއާ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވުމަށްފަހު މިހާރު އަންނަނީ ފައްސިވާ މީހުންގެ އަދަދު ކޮންމެވެސް ވަރަކަށް އިތުރުވަމުންނެވެ. މިހާރު ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އަންނަނީ ބަލިން ރައްކާތެރިވުމަށް އަޅާފައިވާ ގިނަ ފިޔަވަޅުތަކަށް ލުއިތައް ދޭން ފެށުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަނީމަނީ

    ކޮންމެކަމަކުންވެސް ފިލްމުކުޅެވޭތޯ އުޅޭބައެއް

    15