ނޫސްވެރިޔާ ޖަމާލް ޚަޞޯޣީ ހައްޔަރު ކުރަން ނުވަތަ އޭނާ މަރާލުމަށް ސައުދީ އަރަބިއްޔާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ރުހުން ދިން ކަމަށް ކަމަށް އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓުގައި ބުނެފި އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުގެ ޑިރެކްޓަ އޮފް ނޭޝަނަލް އިންޓަލިޖެންސްގެ އޮފީހުން ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ ވަލީއަހުދު ރުހުން ދީފައި ވަނީ ތުރުކީން ޚަޝޯޣީ ހައްޔަރު ކުރަން ނުވަތަ މަރާލުމަށް ކަމަށެވެ.

އެމެރިކާ ފިޔަވައި އެހެން ގިނަ ގައުމުތަކުންނާއި އިންޓެލިޖެންސް އެޖެންސީތަކުން މީގެ ކުރިން ވެސް ވަނީ ޚަޝޯޣީގެ މަރާއި ވަލީއަހުދު މުހައްމަދާއި ގުޅުވާފައެވެ. ނަމަވެސް އެމެރިކާ އިން ވަނީ ޚަޝޯޣީގެ މަރާއި ވަލީއަހުދު މުހައްމަދާއި ގުޅުވަން ކުރިން ދެކޮޅު ހަދާފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަކީ ސައުދީ އަރަބިއްޔާގެ ސަރުކާރާއި ހާއްސަކޮށް ވަލީއަހުދު މުހައްމަދާއި ވަރަށް ގާތް ގުޅުމެއް ބޭއްވި މީހެކެވެ.

ޚަޝޯޤީ ގެއްލިފައި ވަނީ އޮކްޓޯބަރު 2018 ގައި ކައިވެނި ކުރާނެ ލިޔުމެއް ހޯދުމަށް ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ވަން ފަހުންނެވެ. އޭގެ ފަހުން އޭނާގެ ޚަބަރެއް ނުވެ އެވެ. ފަހުން އެނގުނު ގޮތުގައި ކޮންސިއުލޭޓް ތެރޭގައި އޭނާ މަރާލުމަށްފަހު ހަށިގަނޑު ވަނީ ނައްތާލާފައެވެ. އަދި މިއަދާއި ހަމައަށް ވެސް ޚަޝޯޣީގެ ހަށިގަނޑުގެ އެއްވެސް ބައެއް ފެނިފައެއް ނުވެއެވެ.

ކުރިން ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާ އާއި ވަރަށް ގާތް ގުޅުމެއް ބާއްވަމުން އައި ޚަޝޯޤީ ފަހުން ވަނީ ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާ އާއި ދެކޮޅަށް އެމެރިކާގެ ނޫހެއްގައި ސިލްސިލާކޮށް ލިޔުންތައް ލިޔަން ފަށާފައެވެ. އެހެންކަމުން ހުޅަނގުގެ ގައުމުތަކުގައި ސައުދީ އަރަބިއްޔާގެ އަގު ވެއްޓެން މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކަށް ޚަޝޯޤީ ހުރީ ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. މޯދީ މާމަ

  އެސޮރު ނުވެސްފެނޭ ކޮންތާކުތަމިހާރު އުޅެނީ.. މީހަލި މަރާލާފަ ފިލީދޯ

 2. ކަމާލު

  އަދިވެސް މިވާހަކަ . ނިއުޒިލޭންޑްގަ 51 މުސްލިމުން މަރާލި އިރު މިމީހުންނަކަށް ކަމަކަށް ނުވި

 3. ޒަރާނާ.

  ވެރިކަމަ އްފާޑުކިޔާތީ މުސްލިމުން ކަތިލާ ރަހީނުކޮ އް ހަދާތީ އެކަމަ އް ފާޑުކިޔާތީ ކުރިކަންތަ އްމީ

  3
  1