ހަ މަހުގެ ކުއްޖަކު ރޭޕްކުރި 59 އަހަރުގެ ފިރިހެނަކު 16 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފިއެވެ.

އައިރިޝްއަށް ނިިސަބަތްވާ އެ ފިރިހެން މީހާ ވަނީ ހަމަހުގެ ތުއްތު ކުއްޖާއަށް އޭނާ ޖިންސީ ގޯނާކުރާ މަންޒަރު އަމިިއްލައަށް ވީޑިއޯވެސް ކޮށްފައެވެ. އަދި އެކުއްޖާގެ އިތުރުން އޭނާގެ ހަތަރު އަންހެން ކުއްޖަކު ފާހާނަ ތެރޭގައި އެކުދިންނަށް ނޭނގި އޭނާ ވަނީ ވީީޑިއޯކޮށްފައެވެ. އެ ފިރިހެން މީހާ އާއި ގުޅޭ މައްސަލަތައް ރިޕޯޓުކޮށްފައިވަނީީ 2019 ވަނަ އަހަރުގެ ފަހުުކޮޅުއެވެ.

އެގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ފިރިހެން މީީހާ ވަނީ އޭނާގެ އަމިއްލަ ދަރިންނަށްވެސް އެތައް ފަހަރެއްގެ މަތިން ޖިންސީ ގޯނާ ކޮށްފައެވެ. އޭނާ ރޭޕްކުރި ހަމަހުގެ ކުޑަ ކުއްޖާއަކީ އޭނާގެ ލޯބިވެރިއާ އާއި އެއްބަނޑު އަންހެނެއްގެ ދަރިއެކެވެ.

އޭނާ 16 އަހަރަށް ޖަލަށް ލުމަށް އިއްޔެ ހުކުމްކޮށްފައިވާ އިރު، މި ހުރިހާ މައްސަލައެއް ބެލުމަށް ފަހު އަދި ދިގު މުއްދަތަކަށް އޭނާ ޖަލަށް ލުން އެކަށީގެންވާ ކަމަށް މައްސަލަ ބެލި ގާޒީންނާއި ހަވާލާދީ "ޑެއިލީ މިރޯ" އިން ވަނީ ރިޕޯޓުކޮށްފައެއެވެ. މި މައްސަލަ އާ ގުޅިގެން އޭނާ ހައްޔަރުކޮށްފައި ވަނީ 2019 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެެރޭގައެވެ.

ޖިންސީ ގޯނާގެ މައްސަލަތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންނަނީ އިތުރުވަމުންނެވެ. އެގޮތުން ބައެއް މީހުން އެމީހުނގެ އަމިއްލަ ދަރިިންނަށް ޖިންސީ ގޯނާ ކުރުމާއި އުމުރުން ހަގު ކުދިންނަށް ޖިންސީ ގޯނާކުުރުމުގެ ގިނަ މައްސަލަތަކެއް އަންނަނީ ފެންމަތިވަމުންނެވެ.

 

 

ކިޔުންތެރިންގެ ހިޔާލު