އިންޑިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ބްރިކްސް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ޗައިނާގެ ރައީސް ޝީ ޖިންގްޕިން އެގައުމަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

ޗައިނާގެ ރައީސް އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިއަހަރު ފަހުކޮޅުގައި ކަމަށް މީޑިއާތަކުން ރިޕޯޓް ކުރެއެވެ.

މި ބައްދަލުވުމުގެ ސަބަބުން ދެ ގައުމުގެ ދޭތެރޭގައި އިތުރު މައްސަލަތަކެއް ދިމާވާނެތޯ ސުވާލު ކުރުމުގައި ޗައިނާގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ ބްރިކްސް ސަމިޓަކީ މުޅި ދުނިޔެއަށް އެނގޭ އެއްޗެއް ކަމަށެވެ. އެހެން ކަމުން މި ސަމިޓުގެ ސަބަބުން ދެ ގައުމުގެ ދޭތެރޭގައި އިތުރު މައްސަލައެއް ޖެހޭނެ ކަމަކަށް ނުބެލެވޭ ކަމަށް މިނިސްޓްރީން ބުންޏެވެ.

"ޗައިނާއިން އިންޑިއާގައި މި ސަމިޓު ބޭއްވުމަށް ފުރިހަމައަށް ތާއިދު ކުރާނެ. އަދި ޗައިނާއިން ބަލީ އިންޑިއާއާއި ގުޅިގެން ބްރިކްސް ސަމިޓު އެހެން ގައުމުތަކަށްވެސް ފުޅާ ކުރުމަށް. އޭގެ ސަބަބުން އިގުތިސާދާއި ސިޔާސީ ގޮތުން ފައިދާ ކުރާނެ" ޗައިނާގެ ފޮރިން މިނިސްޓްރީގެ ސްޕޯކްސްޕާސަން ވެންގް ވެންބިން ބުންޏެވެ.

ވެންބިން އެގޮތަށް ބުނެފައިވަނީ އިންޑިއާ އާއި ޗައިނާއިން ޕެންގޮންގޮ ލޭކުގައި ތިބި އެގައުމުގެ ސިފައިން ބޭލުމުގެ އެއްބަސްވުމުގައި ސޮއިކުރި ފަހުންނެވެ. މި އެއްބަސްވުން ކުރިއަށް ގޮސްފައިވަނީ 10 ވަނަ ޗައިނާ-އިންޑިއާ ކޯޕްސް ކޮމާންޑަރު ލެވެލް މީޓިންގެ ތެރެއިންނެވެ.

ދެ ގައުމުން ވެސް އެގޮތަށް އެއްބަސްވެފައިވަނީ މިދިޔަ އަހަރުގެ އޭޕްރިލް އަދި މެއި މަހުގެ ތެރޭގައި ޗައިނާ ސިފައިންގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ހިނގާފައިވާ ހަމަނުޖެހުމަށް ފަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު