ދެކުނު އޭޝިއާ ގައި މިހާތަނަށް އަޅާ އެންމެ އުސް އިމާރާތް ލަންކާގެ ވެރިރަށް ކޮލަމްބޯގައި އަޅަން ނިންމައިފިއެވެ.

ލަންކާގެ ކޮލަމްބޯ ވަން ގެ ޓްރާންސްވޯކްސް ސްކޮޔާގައި އަޅާ އެ އިމާރާތުގައި ތިން ޓަވަރުު ހުންނަ އިރު އުސްމިނުގައި 376 މީޓަރުއެވެ. 92 ފަންގިފިލާ ހުންނަ އެތަން އިމާރާތް ކުރަން ހަވާލުކޮށްފައި ވަނީ ޗައިނާގެ ޒޯންގް ޓިއާން ޑިންހުއި ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ.

ޗައިނާގެ ޒޯންގް ޓިއާން ޑިންހުއި ކުންފުންޏަކީ މީގެ ކުރިން މިކަހަލަ އެތަށް ޕްރޮޖެކްޓް ތަކެއް ނިންމާފައިވާ އަދި 800 އަށް ވުރެން ގިނަ ޕްރޮޖެކްޓް ކަނޑައެޅިފައިވާ ދުވަހަށް ނިންމާފައިވާ ކުންފުންޏެކެވެ.

އަލަށް އަޅާ އިމާރާތުގައި ދަ ރިޒްކާލްޓަން ހޮޓެލްއާއި ދަ ރިޒްކާލްޓަން ރެސިޑެންސް ހުންނާނީ އިމާރާތުގެ ތިން ޓަވަރުގެ ތެރެއިން ދަ "ރިޒްކާލްޓަން ޓަވާ" ގެ ނަންދީފައިވާ ދެ ޓަވަރުގަ އެވެ. އެއިން ކޮންމެ ޓަވަރެއްގެ އުސްމިނުގައި 326 މީޓަރު ހުންނަ އިރު 80 ފަންގިފިލާ ހުންނާނެ އެވެ.

2021 ގައި އިމާރަތްކޮށް ނިންމަން ހަމަޖެހިފައިވާ މި އިމާރާތުގައި ރިޒްކާލްޓަން އަދި ދަ ރިޒްކާލްޓަން ރެސިޑެންސް ހުރެއެވެ. އަދި ލަގްޒަރީ ޝޮޕިންމޯލަކާއި މަލްޓި ސްޓޯރީ ކާޕާކެއް ވެސް ހުންނާނެ ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޒާ

    ދެން އިންޑިއާ ކޮން ބޭނުމެއްތަ ބޭނެން އުޅެނީ؟ ކިހިނެއްތަ ޗައިނާއާއި އިންޑިއާ ފައިހަމަކުރާނީ. ރޭޕިސްތާން.

  2. އިލޮށިފަތި!

    އިންޑުޔާ ގެރިގުއި ކާންދޭ!