އިންޑިޔާގެ ބެންގަލޫރުގައި އޮޅުކޮށްގެން ގެންގުޅެވޭނީ ގެޔަކަށް އެއް ކުއްތާ ކަމަށް ހަމަޖައްސައިފިއެވެ. މިގޮތަށް ހަމަޖައްސާފައިވަނީ ބީބީއެމްޕީއިންނެވެ.

ބީބީއެމްޕީއިން އަލަށް އެކުލަވާލި ޤަވާއިދުގައި ބުނެފައިވާ ގޮތުން ކޮންމެ އެޕާޓްމެންޓްއެއްގައި ގިނަ ވެގެން ގެންގުޅެވޭނީ އެއް ކުއްތާއެވެ. އަދި ކިތަންމެ ބޮޑު ގެއެއް ނަމަވެސް ތިން ކުއްތާއަށް ވުރެ ގިނަ ކުއްތާއެއް ނުގެން ގުޅެވޭނެއެވެ.

މީގެ އެއް އަހަރު ކުރިން މިޤަވާއިދު އެކުލަވާލި ނަމަވެސް، މި ޤަވާއިދު ތަންފީޒު ކުރަންފަށާފައިވަނީ މިއަދުއެވެ. މިއީ އޮޅުކޮށްގެން ގެންގުޅޭ ކުއްތާތަށް ގިނަ ވުމުގެ ސަބަބުން އެކަން ކޮންޓްރޯލް ކުރުމަށް އެކުލަވާލި ޤަވާއިދެކެވެ.

އަލަށް އެކުލަވާލި ޤަވާއިދުގައި އިތުރަށް ބުނެފައިވަނީ ކުއްތާ އެއް ގެންގުޅެން ބޭނުންވާ މީހަކު އެކަމަށް އެދި އެ އޮފީހުގައި ނަން ހުށައަޅަން ޖެހޭނެ ކަމަށާއި މިފަދަ ގޮތަކަށް ކަންތައްތައް ނުކުރާ މީހުންނާއި މެދު ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ރެޖިސްޓަރ ނުކޮށް ކުއްތާ ގެންގުޅޭ އެންމެންގެ އަތުން ބޮޑު ފީއެއް ނެގުމަށްވަނީ ހަމަޖެހިފައެވެ.

މިޤަވާއިދާ ދެކޮޅަށް، " ނޮޓް ވިތް އައުޓް މައި ޑޯގް" ގެ ނަމުގައި ކެންޕެއިންއެއް ވަނީ ފަށާފައެެވެ.

ކިޔުންތެރިންގެ ހިޔާލު