ކޮވިޑް-19 އިން ރައްކާތެރިވުމަށް އުފައްދާފައިވާ ވެކްސިންގެ ފުރަތަމަ ޑޯޒް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ފުރިހަމަކޮށްފިއެވެ.

މޯދީ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެއްސެވީ އިންޑިއާގެ ނިޔުދިއްލީގައި ހުންނަ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސްގައެވެ.

މޯދީގެ އަމިއްލަ ޓުވިޓާ އެކައުންޓުގައި ކޮވިޑް-19 އަށް އުފައްދާފައިވާ ވެކްސިން ޖެހިކަން ހާމަކުރި ިރު، މޯދީ ވަނީ ވެކްސިން އުފެއްދުމުގައި ސައިންސުވެރިންނާއި ޑޮކްޓަރުން ކުރި މަސައްކަތަށް ޝުކުރު އަދާކޮށްފައެވެ. އަދި ވެކްސިން ޖެހުމަށް އޭނާ ރައްޔިތުންގެ ކިބައިން އެދިފައިވެއެވެ.

އިންޑިއާގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ބޮޑުވަޒީރު މޯދީ ޖެހީ ބާރަތް ބަޔޯޓެކްސްގެ ކޯވެކްސިންއެވެ.

އިންޑިއާގެ ރައްޔިތުންނަށް ކޮވިޑް ވެކްސިން ދިނުމުގެ ކަންކަން އެ ގައުމުގެ ސިއްހީ ހިދުމަތްތެރިން ކުރަމުންދާއިރު 60 އަހަރުން މަތީގެ މީހުންނާއި 45 އަހަރުން މަތީގެ ބޮޑެތި ބަލިތަކަށް ފަރުވާކުރާ މީހުންނަށް އިންޑިއާގެ ހޮސްޕިޓަލްތަކުން ވެކްސިން ދިނުމުގެ ކަންކަން ކުރިއަށް އެބަ ދެއެވެ. އެ ގައުމުގެ ޕްރައިވެޓް ހޮސްޕިޓަލްތަކުން ވެކްސިން ދެނީ ވަކި އަގެއް ނަގައިގެންނެވެ.

ރާއްޖެ އާއި އެންމެ އަވަށްޓެރި އިންޑިއާގައި ކޮވިޑް-19 ފެތުރެން ފެށިފަހުން މިހާތަނަށް އެ ގައުމުން ބަލި ޖެހިގެން އެއްލައްކަ ފަންސާސް ހާހަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އެ ގައުމުން 11 މިލިއަން މީހުންނަށް ކޮވިޑް ޖެހިފައިވާއިރު ބަލި ކޮންޓްރޯލް ކުރުމަށް އެޤައުމުގެ ސަރުކާރުން ހަރުކަށި އެތައް ފިޔަވަޅުތަކެއް ވަނީ އަޅައިފައެވެ.

އިންޑިއާ އިން ކޮވިޑަށް ފައްސިވި މީހުންގެ ތެރެއިން 10.8 މިލިއަން މީހުން ވަނީ ރަނގަޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޅަބޭ

    ވާއް! ކްޔާ ބާތްހޭ މޯޑީ ސާބް...

    3
    8
  2. ޜިފް

    މޯދީ ވީމަ ބުނި، ކޮށްފި، ޖަހައިފި! މީ ކޮން ގޮތެއް! އެއީ ކޮންމެ މީހަކަސް ތަނެއްގެ ވެރިޔެއް ވިއްޔާ މާތް ބަހުރުވަ ބޭނުން ކުރޭ! ކޮންމެ ގޮތެއް ވިޔަސް އިންޑިޔާ ބޭސްވެރި ކަމަށް ގަދަ! ކޮވިކްސް އަކީ ސީދާ އިންޑިޔާ ގެ އޮރިޖިނަލް އުފެއްދުމެއް! އެސްޓްރާ ޒެނެކާ ވެކްސިން ވެސް ކޮވިޝިލްޑް ގެ ނަމުގަ އެ އުފައްދަނީ އިންޑިޔާ އިން!

    2
    7
  3. ޕޮރޮފެސަރު މޮހޮދޭ

    ކީއްވެ ކޮވި ޝިލްޑް ނުޖެހީ؟

    3
    1
  4. ނަން

    ކޮވިސީލްޑު އެއީ ފޭކު