މިއަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް އެތެރެވެވޭނީ ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ޖަހައިގެން ކަމަށް ސައުދީ އަރަބިއްޔާގެ ސަރުކާރުން ވިދާޅުވެއްޖެއެވެ.
ސައުދީ އަރަބިއްޔާގެ ހެލްތު މިނިސްޓަރ ތައުފީގު އަލް-ރާބިއާ ސައުދީ އަރަބިއްޔާގެ މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ހައްޖުގެ އަޅުކަމަށް ތައްޔާރުވާނަމަ އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ކޮވިޑުން ދިފާއުވުމަށް ވެކްސިން ޖެހުން ކަމަށެވެ. "މައްކާ އާއި މަދީނާއަށް އެތެރެއެއް ނުވެވޭނެ ވެކްސިން ނުޖަހައި ހުރި އެއްވެސް މީހަކަށް." މިނިސްޓަރ ތައުފީގު ވިދާޅުވިއެވެ.
މިދިޔަ އަހަރު ސައުދީ އަރަބިއްޔާ އިން ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދިނީ ހަމައެކަނި އެގައުމުގައި ދިރިއުޅޭ މީހުންނަށެވެ. ވެކްސިން ޖަހައިގެން ނޫން ގޮތަކަށް މިއަހަރު ހައްޖުގެ އަޅުކަން އަދާނުކުރެވޭނެ ކަމަށް ހެލްތު މިނިސްޓަރު ވިދާޅުވި ނަމަވެސް މިއަހަރު އެހެން ގައުމުތަކުގެ މީހުންނަށް ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދޭން ނިންމިކަން އަދި ސައުދީ އަރަބިއްޔާ އިން އިއުލާނެއް ނުކުރެއެވެ.
މިއަހަރުގެ ހައްޖު ދުވަހަކީ ޖުލައި މަހުގެ 18 ވަނަ ދުވަހެވެ.
ސައުދީ އަރަބިއްޔާ އިން މިހާތަނަށް 377,700 މީހަކު ކޮވިޑަށް ފައްސިވެ، ކޮވިޑް ޖެހިގެން 6500 މީހަކު މަރުވެފައި ވެއެވެ. ޖޫން މަހާއި ޖުލައި މަހު ކޮންމެ ދުވަހަކު ސައުދީ އަރަބިއްޔާ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އަދަދު 3000 އާއި 4000 އަށް ވެސް އެރިއެވެ. ނަމަވެސް މިހާރު ވަނީ ބަލި ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައެވެ. މިހާރު އެގައުމުން އެވްރެޖްކޮށް ދުވާލަކު ފައްސިވަނީ 300 ވަރަކަށް މީހުންނެވެ.
ސައުދީ އަރަބިއްޔާގައި ވެސް މިހާރު ދަނީ ކޮވިޑް ވެކްސިން ދެމުންނެވެ.
ދެން އަވަހަށް އިޔާޒް އާއި ޒައިދު ބުނޭ ކުރީޒަމާނުގެ މީހުންވެސް ޙައްޖުގެ އަޅުކަން އަދާކުރީ ވެކްސިންނުޖަހައޭ.. އެހެންވީމަ ވެކްސިން ނުޖެހިޔަސް ޙައްޖަށް ދެވެންޖެހޭނެޔޭ.. ސައުދީއަކީ ލާދީނީ ޤައުމެކޭ..
މޮޔަ ނުގޮވެބަލަ. މީގެ ކުރީންވެސް ހައްޖަށް ދެވެނީ 3 ވައްތަރެއްގެ ވެކްސިން ޖަހައިގެން. އެއީ އަބަދުވެސް އޮންނަ ކަމެއް. ދުނިޔޭގެ އެތަން މިތަނުން މީހުން ޖަމާވާތަނެއް އެއީ.
މާލެއިން މީހުން ދިރިއުޅޭ ވަރުމަދު ކޮށް ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް
މަނާކޮށް ގިނަގިނައިން އަސްތަޢުފާރު ކޮށް
الله سبحانه وتعالىގެحضرةން ދެއްވާ ނެކަންޔަގީން ވާހާލުއެއިލާހުގެމަދަދާއި ރައްކާތެރިކަމަށްއެދިދަންންވަންވީ
ސައުދީގައި ދުވަލަކަށް 300،، ދިވެހި ރާއްޖެގައ ދުވަލަކަށް 150.. އާބަދީގެ ނިސްބަތުން ލަދު ހުތުރު ނަތީޖާއެއް.. އަދި އެވެސް މާލޭ ސަރަހައްދު އެކަނި