ޗައިނާ އިން 400،000 ސިނޯފާމް ވެކްސިން ޑޯޒް އަފްޣާނިސްތާނަށް ފޯރުކޮށް ދިނުމަށް ނިންމައިފިއެވެ.

ޗައިނާ އިން ކާބުލް އަށް ހަމަޖައްސާފައިވާ ސަފީރު ހުލާމް ދަސްތަގިރް ނަޒާރީ ސިއްހީ އޮފިޝަލުންނާއެކު ބޭއްވި ބައްދަލުވުމެއްގައި ބުނެފައިވަނީ އަފްޣާނިސްތާނަށް 400،000 ކޯވިޑް-19 ވެކްސިން ފޯރުކޮށްދޭނެ ކަމަށެވެ.

ޗައިނާގެ ސިނޯފާމް ވެކްސިން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ގަބޫލުކޮށްފައިވީ ނަމަވެސް ފޯރުކޮށްދެވޭނެ ދުވަހެއް ނަޒާރީ ބުނެފައެއް ނުވެއެވެ.

މިހާތަނަށް އަފްޣާނިސްތާނުގެ 34 ސަރަހައްދެއްގައި 12،000 ސިއްހީ ދާއިރާގެ މުވައްޒަފުންނަށް ވެކްސިން ދީފައިވާ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ. އަފްޣާނިސްތާނަށް މިހާތަނަށް އޮކްސްފޯޑް އެސްޓްރަޒެނެކާގެ 500،000 ވެކްސިން ޑޯޒް އިންޑިއާއިން ލިބިފައިވެއެވެ.

އަފްޣާނިސްތާނުގައި 55,733 މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާ އިރު މި ބަލީގައި 2,444 މީހުން މަރުވެފައިވެއެވެ.