އިންޑޮނެޝިއާގެ އުތުރު ސުމަތްރާގެ ހިސާބެއްގައި ހުންނަ މައުންޓް ސިނަބަންގް އަލިފާން ފަރުބަދަ ގޮވައިފިއެވެ.

އެގައުމުގެ މީޑީއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މި ފަރުބަދަ ގޮވުމާއި ގުޅިގެން އެ ސަރަހައްދުގެ ބޮޑު ބަޔަކަށް ވަނީ ދުމުގެ އަސަރު ކޮށްފައެވެ.

އަލިފާން ފަރުބަދައާއި ބެހޭ ގޮތުން ދިރާސާ ހަދަމުން އަންނަ ފަރާތްތަކުން ބުނެފައިވަނީ އެ ފަރުބަދަ ގޮވުމާއި ގުޅިގެން މުޅި ސަރަހައްދަށް ދުމުގެ އަސަރު ކޮށްފައިވާ ކަމަށާއި އެ ފަރުބަދަ ގޮވާފައިވަނީ 13 ފަހަރަށް ކަމަށެވެ.

މި ހާދިސާއާއި ގުޅިގެން އެއްވެސް މީހަކަށް އަދި ތަނަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި އެއްވެސް ބަޔަކު ސަލާމަތީ ހިސާބުތަކަށް ބަދަލު ކުރުމުގެ ވިސްނުމެއްވެސް ނުގެންގުޅޭ ކަމަށް އެގައުމުން ވަނީ ބުނެފައެވެ. އެހެން ނަމަވެސް އެ ސަރަހައްދާއި ކައިރި ހިސާބުގައި ދިރިއުޅެމުން އަންނަ މީހުން ވަނީ ސަލާމަތީ ހިސާބުތަކަށް ބަދަލުވުމުގެ މަސައްކަތް ފަށާފައެވެ.

"ގިނަ ބަޔަކު ބިރެއް ނުގަނޭ. އެކަމަކު އެންމެން ގޮތަކަށް ތިބެނީ ދުމުގެ އަސަރު ކޮށްފާނެތީ ގޭތެރޭގައި" އެގައުމުގެ ކަމާއި ބެހޭ އިދާރާތަކާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓް ކޮށްފައިވެއެވެ.

އެގައުމުން ބުނެފައިވަނީ މިއީ 2010 ވަނަ އަހަރުން ފެށިގެން މިހާތަނަށް މައުންޓް ސިނަބަންގް އެންމެ ބޮޑުކޮށް ގޮވި ފަހަރު ކަމަށެެވެ. އެކަމުގެ ސަބަބުން ފަރުބަދައާއި ދިމާލަށް އުޑުމަތީގައި ވަނީ ދުމުގެ އަސަރު ކޮށްފައެވެ.