ކޮވިޑް-19 ގެ ވައިރަސް 90 ސިކުންތުގެ ތެރޭގައި ފިލުވާލެވޭ ސްޕްރޭއެއް އޮސްޓްރޭލިއާގައި އުފައްދައިފިއެވެ.

އޮސްޓްރޭލިއާގެ އުފެއްދުމެއް ކަމުގައިވާ ވައިރޮކްލިއާާއަކީ ޑިސްއިންފެކްޓް ކުރުމަށް ބޭނުން ކުރެވޭ ގޮތަށް ތެރަޕިއުޓިކް ގުޑްސް އެެޑްމިނިސްޓްރޭޝަންގެ ހުއްދަ ލިބިފައިވާ އުފެއްދުމެކެވެ. މި ސްޕްރޭ ސްކޫލްތަކާއި ޔުނިވާސިޓީ އަދި ރެސްޓޯރެންޓް ފަދަ ތަންތަނުގައި މަސައްކަތް ކުރާ 5.5 މިލިއަނަށް ވުރެ ގިނަ މީހުންނަށް ލިބޭނެއެވެ.

އެހެން ސްޕްރޭތަކުން 10 މިނެޓް ތެރޭގައި ވައިރަހުގެ އަސަރު ފޮހެލެވޭ އިރު މި ސްޕްރޭ އިން މޭޒުތައް ފަދަ ތަންތަނުން ވައިރަހުގެ އަސަރު ގިނަ ވެގެން ދެ މިނެޓް ތެރޭގައި ފޮހެލެވެއެވެ. ކޮވިޑް-19 ވައިރަހުގެ އަސަރު ޕްލާސްޓިކުގައި 72 ގަޑިއިރަށް ހުރެއެވެ. ކަބަޑުތަކުގައި 24 ގަޑިއިރަށް ވައިރަސް ހުންނަ އިރު ދަގަނޑުގައި ދެ ދުވަސް ވަންދެން ވައިރަހުގެ އަސަރު ހުރެއެވެ.

އޮސްޓްރޭލިއާގައި އުފައްދާފައިވާ ސްޕްރޭ

ކޮވިޑް-19 ގެ އަސަރު ޕަބްލިކް ޓްރާންސްޕޯޓުގެ ގޮނޑިތަށް އަދި ޔުނިވާސިޓީ އަދި ސުކޫލު ތަކުގެ ޑެސްކުތަށް ފަދަ ތަންތަނުގައި ހުރުމުގެ ސަބަބުން އެތަށް ބަޔަކަށް ނުރައްކާ ވެއެވެ.

ވައިރޮކްލިއާ ސްޕްރޭ ހަންގަނޑުން ވައިރަހުގެ އަސަރު ފިލުވުމަށްވެސް ބޭނުން ކުރެވިދާނެ ކަމަށެވެ.

މި ސްޕްރޭއަކީ ހޭންޑް ސެނިޓައިޒާ އެއް ގޮތަށް ހޮސްޕިޓަލުތަކާއި ސްކޫލުތަކުގައި ބޭނުން ކުރެވޭނެ ސްޕްރޭއެކެވެ.

މި މަސް ނިމުމުގެ ކުރިން އޮސްޓްރޭލިއާގެ ހުރިހާ ރައްޔިތުންނަށް މި ސްޕްރޭ ބޭނުން ކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު