މިދިޔަ އަހަރު ތެރޭގައި ޗައިނާގައި 200 އަށް ވުރެ ގިނަ ބިލިއަނަރުން އުފެދިފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ހުރުން ގްލޯބަލް ރިޗް ލިސްޓުގައި ވާ ގޮތުން ނަމަ 259 މީހުން ލިސްޓަށް އިތުރުވެ ޗައިނާގެ ބިލިއަނަަރުންގެ ޖުމުލަ އަދަދު 1،058 މިހާރު ވަނީ އަރައިފައެވެ. ޗައިނާ އަކީ އެއްހާސް ބިލިއަނަރުން އުފެދުނު ފުރަތަމަ ގައުމެވެ. ދެވަނަ އަށް އެންމެ ގިނަ ބިލިއަނަރުން އުފެދިފައި ވަނީ އެމެރިކާގަ ކަމަށް ވާއިރު އެ ގައުމުގެ ޖުމުލަ ބިލިއަނަރުންގެ އަދަދަކީ 696 އެވެ. އޭގެ ތެރެއިން މިދިޔަ އަހަރު އަލަށް 70 މީހުން ބިލިއަނަރުންނަށް ވަނީ ވެފައެވެ.

ޗައިނާގެ ފެން އުފައްދާ ކުންފުންޏެއް ހިންގަމުންދާ ޒޯންގް ޝަންޝަން ބިލިއަނަރުންގެ ލިސްޓަށް ފުރަތަމަ ފަހަރަށް އައިސްްފައިވަނީ 85 ބިލިއަން ޑޮލަރު އޭނާގެ މިލްކިއްޔާތުގައި ހުރެގެންނެވެ. ޒޯންގް ޝަންޝަން ވަނީ ހުރުން ދުނިުޭގެ އެންމެ މުއްސަނދި ދިހަ މީހުންގެ ތެރެއިން ޖާގަ ހޯދައި އޭޝިއާގައި ހުރި އެންމެ މުއްސަނދި މީހާގެ ދަރަޖަ ހޯދާފައެވެ.

ސާވޭ އިން ދައްކާ ގޮތުން އެއް އަހަރު ތެރޭގައި 50 ބިލިއަން ޑޮލަރަށް ވުރެ ބޮޑު ފައިދާ ހޯދި މީހުންގެ ތެރޭގައި ތިން މީހަކު ހިމެނެއެވެ..

ހުރުން ރިޕޯޓުގައި ބުނާގޮތުން ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި ޗައިނާގައި 490 ބިލިއަނަރުން އުފެދިގެން ދިޔައިރު އެމެރިކާގައި ފަސް އަހަރު ތެރޭގައި ކުރިއަރައިގެން އައިސް އިތުރަށް ބިލިއަނަރުންނަށް ވެފައިވަނީ 160 މީހުންނެވެ. މިއާއި އެކު އެންމެ މުއްސަނދި ގައުމެއްގެ ގޮތުގައި ޗައިނާ ފަވާލެވިގެން ގޮސްފައިވެއެވެ.

2020 ގައި އެމެރިކާގެ އިކޮނޮމިކް ގްރޯތް 3.7 ޕަސެންޓް ދަށަށް ގޮސްފައިވާއިރު، ޗައިނާގެ އިކޮނޮމިކް ގްރޯތް ވަނީ 2.3 ޕަސެންޓް އިތުރު ވެފައެވެ. ކޮވިޑް-19ގެ ޕެންޑެމިކްގެ ސަބަބުން އެހެން ގައުމުތަކުގެ އިގްތިސޯދު ދަށަށް ދިޔަ ނަމަވެސް ޗައިނާގެ އިގްތިސޯދަށް ހީނަރުކަމެއް ނައިސް އިތުރަށް ވަރުގަދަވިކަން ރިޕޯޓްތަކުން ފާހަގަވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޝިޔާމް

    ދުނިޔޭގައި ބިލިއަނަރު ކިޔާފައި އާޙިރަތައް ހުސްއަތާ ނުދާނެ.