ކޮވިޑް-19 ވެކްސިން ޖެހުން ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި މިހާރު ކުރިއަށްދާއިރު ވެކްސިނާއި ގުޅޭ ގޮތުން ވަރަށް ގިނަ ތަފާތު ވާހަކަތައް ދަނީ ދެކެވުމުންނެވެ. އޭގެތެރެއިން އެއް ވާހަކައަކީ ވެކްސިން ޖެހުމުގެ ސަބަބުން ހުން އައުން، ބޮލުގައި ރިއްސުން، ގައިގަ ރިއްސުން، ހޮޑުލެވުން ފަދަ އެއްވެސް ސައިޑް އިފެކްޓެއް ކުރިމަތިނުވާނަމަ އޭގެ މާނައަކީ ކޮބައި ހެއްޔެވެ؟

ސައިޑް އިފެކްޓެއް ކުރިމަތިނުވާ މީހުންގެ ހަށިގަނޑުގައި ވެކްސިންގެ ދިފާއު ނުއުފެދެނީ ހެއްޔެވެ؟ އެމީހުންނަށް ވެކްސިން ޖެހުމުން އެމީހުންގެ ހަށިގަނޑު ކޮވިޑް-19 ވައިރަސް އާއި ދެކޮޅަށް ތައްޔާރު ނުވަނީ ހެއްޔެވެ؟

ސައިންސްވެރިންނާއި ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ވަނީ މިސުވާލުތަކުގެ ޖަވާބު ދެއްވާފައެވެ.

ސްޓެންފޯޑް ހެލްތ ކެއާގެ އިންފެކްޝަސް ޑިސީސްގެ ފިޒިޝަން ސަންތީ ކަޕެގޯޑާ ވިދާޅުވީ ވެކްސިން ޖެހުމުން އެއްވެސް އައިޑް އިފެކްޓެއް ކުރިމަތި ނުވުމަކީ ވެކްސިންގެ ސަބަބުން ހަށިގަނޑުގައި ކޮވިޑްގެ ދިފާއީ ބާރު ނުއުފެދެނީ ކަމަށް ބުނެވޭނެ ސަބަބެއް ނޫނެވެ.

"ޖުމްލަކޮށް ބަލާނަމަ ވެކްސިންގެ ތަހްލީލްތަކުގައި ބައިވެރިވި މީހުންގެ ތެރެއިން %73 މީހުން ބުނެފައި ވަނީ ވެކްސިން ޖެހުމުގެ ސަބަބުން އެމީހުންނަށް އެއްވެސް ސައިޑް އިފެކްޓެއް ކުރިމައްޗެއް ނުވެއޭ. ނަމަވެސް ވެކްސިންގެ ސަބަބުން އެމީހުންގެ ހަށިގަނޑުގައި ވަނީ ދިފާއީ ބާރު އުފެދިފައި. ތަހްލީލްތަކުން އެކަން ކަށަވަރުވޭ." ކަޕެގޯޑާ ވިދާޅިވިއެވެ.

އޮކްސްފޯޑް ޔުނިވަސިޓީގެ ސައިންސްވެރިޔަކު ވެސް ވިދާޅުވީ ވެކްސިން ޖެހުމުން ދެން ފެންނަ ސައިޑް އިފެކްޓްތަތަކީ ވެކްސިންގެ ސަބަބުން އުފެދޭ ދިފާއީ ބާރުގެ މިންވަރު ކަށަވަރު ކުރުމުގައި ރިއާޔަތް ކުރެވޭނެ ކަމެއް ނޫނެވެ. "ވެކްސިން ޖެހުމުން ސައިޑް އިފެކްޓްތަކެއް ފެނުމަކީ ވެކްސިންގެ އަސަރު އެމީހެއްގެ ހަށިގަނޑަށް ބަލި ވަނަނުދިނުމަށް މަސައްކަތް ކުރާނެ މިންވަރު ކަނޑައެޅުމުގައި ރިއާޔަތް ކުރެވޭނެ ކަމެއް ނޫން." އޭނާ ވިދާޅުވިއެވެ.

ޑޮކްޓަރުން ވިދާޅުވާ ގޮތުގައި ވެކްސިން ޖެހުމުން ސައިޑް އިފެކްޓެއް ކުރިމަތިވުން އެއީ މައްސަލައެއް ނޫނެވެ. ވެކްސިން ޖެހުމުން ކޮންވެމެވެސް ވަރެއްގެ ވޭނެއް ތަހައްމަލް ކުރަން ޖެހުނު ނަމަވެސް ވެކްސިންގެ ސަބަބުން ތިމާ އާއި ތިމާގެ ވަށައިގެން ދިރިއުޅޭ އެހެން މީހުން ކޮވިޑުން ރައްކާތެރިވުމުގެ އެހީއަކަށް ވެކްސިން ވެގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މަދިރި

    ކިބާ ރާއްޖޭގަ އުޅޭ މޮޅެތި މިހުންތައް.ކޮމެންޓެއްވެސް ކޮށްނުލަނީތަ.

    12
    3
    • އަހުމަދު

      ތި ކުރީނު އެންމެ މޮޅުމީހާ.....

      25
      1
  2. ހުވާ

    ތަހުލީލުގައި ބައިވެރިވި %73 މީހުންގެ އެއްވެސް ސައިޑްއިފެކްޓޓެއްނެތޭ؟؟ މިރާއްޖޭގައި ވެކްސިންޖެހި %99 މީހުން ހުންއައިސް ގައިގައިރިއްސާތީ އޮފީހަށް ސަލާމްބުނޭ. ތީ ކޮންކަހަލަ ދިރާސާއެއް. މިއިން އެނގެނީ ވެކްސިން އަދިވެސް ރަނގަޅަށް ދިރާސާ ނުކުރެވޭކަން.

    18
    8
    • ލޮލްލް

      ވެކްސިނެއް ޖަހާގެން ގޮތެއް ނުވާ ވެކްސިނެއް ނުހުންނާނެ..އިޓްސް އިންދަ ފަކިން ސްކްރިޕްޓް ޑަނމްއޭސް.....އަދިވެސް ދިރާސާ އޭ ކިޔާގެން ވީދޭތި

      7
      5
    • ަެަެަެަަެަަަހެހެ

      ކޮންމެ މީހަކު ސަލާމް ބުނަން ވެކްސިނާ މަތި އަޅުވަނީ ދޯ

    • ޑޯޒް

      ސަލާން ބުނަން ވީމަ ގޭގަ އުޅޭމީހަކު ޕޮޒިޓިވް... ނޫނީ ވެކްސިން ، ނޫނީ ހުންފާޑު ވެގެ ން އުޅެނީ... ސަލާމް