ޗައިނާ އާއި ދެކުނު އެފްރިކާގައި ފޭކް ވެކްސިން ނެޓްވޯކެއް ހުއްޓުވައި ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ޗައިނާގެ ފޭކް ވެކްސިން ހަދާ ފެކްޓްރީއަކުން 3،000 ވެކްސިންގެ ފޭކް ޒޯޒްއާ އެކު 80 މީހުން ހައްޔަރު ކުރިއެވެ. އަދި ދެކުނު އެފްރިކާގެ ގައުޓެންގްގައި ހުރި ވެއާހައުސްއަކުން 2،400 ވެކްސިން ޑޯޒާއެކު ތިން މީހުން ހައްޔަރު ކުރި ކަމަށްވެއެވެ.

އިންޓަޕޯލް އިން ބުނެފައިވަނީ އިތުރު ފޭކް ވެކްސިންގެ މައްސަލަތަކުގެ ރިޕޯޓުތައް ލިބިފައިވާ ކަމަށެވެ.

ފޭކް ވެކްސިން ޑޯޒްތަކެއް ފެނުންކަން އިއުލާން ކުރަމުން އިންޓަޕޯލް އިން ބުނެފައިވަނީ ހުއްދަ ނުދޭ އެއްވެސް ވެކްސިނެއް މިހާރު އޮންލައިން ކޮށް ވެސް ވިއްކަން ނުހުންނާނެ ކަމަށެވެ. އަދި ވެބްސައިޓެއް ނުވަތަ ޑާކް ވެބެއްގައި އިސްތިހާރު ކުރަމުންދާ ނަމަ އެއީ ޓެސްޓު ނުކުރާ ވެކްސިނެއް ކަމަށް ބުނެފައިވެއެވެ.

އިންޓަޕޯލް އިން ބުނެފައިވަނީ ފޭކް ވެކްސިނާއެކު ތިން މިލިއަން ފޭކް މާސްކް ވެސް ހޯދާފައިވާ ކަމަށެވެ. އިންޓަޕޯލް އިން ހިއްސާ ކުރި ފޮޓޯ އިން ފެނިގެން ދަނީ ވެއާހައުސްއެއްގެ ތެރޭގައި ޕެކޭޖުތަކާއި ފޮށިތަކެއް ވަނިކޮށެވެ.

ކޮވިޑް ވެކްސިނާ ގުޅޭ ކުށްތައް އެކި ހިސާބުތަކުގައި ހިންގަމުން އަންނަ އިރު ޗައިނާ އާއި ދެކުނު އެފްރިކާގައި ހިންގި އޮޕަރޭޝަނަކީ ކުޑަ މިންވަރެކެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަތަރޭ

    ތިޔަ އެއްޗެހި ޖަހާމީހުން މޮޔައީނު !؟!
    ރާއްޖޭ ސަރުކާރުންވެސް އުޅެފާނެ މި މީހުން އަތުން ގަނެގެން ވެކްސިން، ކޮން ބައެއް މީ..

    2
    1